ads
މާލެ ސިޓީ
ކަރަންޓީންކުރަން އަމިއްލަ އިމާރާތްތައް ނެގޭ ގޮތް އާންމުކޮށްފި
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ވަކި އިމާރާތެއް ކަރަންޓީން މަރުކަޒެއް ނުވަތަ މީހުން އެކަހެރިކޮށް ބޭތިއްބުމަށް ސަރުކާރަށް ނެގޭ ގޮތަށް ގަވައިދެއް އެކުލަވާލައި އަމަލުކުރަން ފަށައިފި އެވެ.

ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ އެ ގަވައިދުގައި ބުނެފައި ވަނީ ނުރައްކާތެރި ބަލިތަކާއި ގުޅިގެން މީހުން ކަރަންޓީންކުރުމަށް ތަނެއް ކަނޑައެޅުމުގެ ބާރު ހެލްތު މިނިސްޓަރަށް އޮންނާނެ ކަމަށާއި އެގޮތުން މީހުން ކަރަންޓީންކުރުމަށް މީހެއްގެ އަމިއްލަ އިމާރާތެއް ބޭނުވެއްޖެނަމަ އެތަނެއް ގިނަވެގެން ބޭނުންކުރެވޭނީ އެންމެ އަހަރަކަށް ކަމަށެވެ. 

އެކަމަކު ގަވައިދުގައި ބުނީ އެމުއްދަތަށް ސަރުކާރުން އިމާރާތެއް ބޭނުންކުރިނަމަވެސް ބަދަލު ދޭންޖެހޭނެ ކަމަށެވެ. އެގޮތުން އެ އިމާރާތް ވެރިފަރާތާއި ހަވާލުކުރުމުގެ ކުރިން، އެތަން ބޭނުންކުރި މުއްދަތުގައި އެ ސަރަހައްދުގައި ހުރި އެފަދަ އިމާރާތްތަކުގެ ކުއްޔަކީ ކޮބާތޯ ބަލައި އެ އިމާރާތް ބޭނުންކުރި މުއްދަތަށް ބަދަލުދޭން ޖެހެ އެވެ.

އަދި އިތުރަށް ބުނީ ބަދަލު ދިނުމުގެ ކަންކަން ކުރިއަށް ގެންދާނީ ފިނޭންސް މިނިސްޓްރީގެ ލަފާގެ ވެސް މަތިން ކަމަށެވެ.

އެ ގަވައިދުގައިވާ ގޮތުން މީހުން ކަރަންޓީން ކުރުމަށް ކަނޑައަޅާ އިމާރާތަކީ މީހުން އުޅޭ އިމާރާތެއްނަމަ އެތަނުގައި އުޅޭ މީހުންނަށް އިތުރު އިންތިޒާމުތަކެއް ހަމަޖައްސަން ޖެހެ އެވެެ. އަދި އެކަން ލިޔުމުން އަންގަން ޖެހެ އެވެ. 

އޭގެ އިތުރުން ގަވައިދުގައި ބުނީ އިމާރާތް ދިނުމަށް ވެރިފަރާތުން ދެކޮޅު ހަދާނަމަ އެ އިމާރާތް ވަޒީރާ ހަވާލުކުރުމަށް އަންގައިދިނުމުގެ ކޯޓު އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅުމުގެ ބާރު އޮންނާނެ ކަމަށެވެ. 

އެ ގަވައިދުގައި ވަނީ އެކަހެރި ކުރަންޖެހޭ މީހުންނާއި ކަރަންޓީންކުރާ މަރުކަޒުތަކުގައި ހުންނަން ޖެހޭ މިންގަނޑުތައް ވެސް އެކުލަވާލާފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް