ads
ފޮޓޯ: ރައީސް އޮފީސް
ހައި އެޗީވާސް ސްކޮލަޝިޕަށް އެދުމުގެ ފުރުސަތު ހުޅުވައިލައިފި
ހައި އެޗީވާސް ސްކޮލަޝިޕަށް އެދުމުގެ ފުރުސަތު 2019 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ދަރިވަރުންނަށް ހުޅުވާލައިފި އެވެ.

ހައި އެޗީވާސް ސްކޮލަޝިޕަށް ޝަރުތު ހަމަވާ ދަރިވަރުންނަށް މި ސްކޮލަޝިޕްގެ އުސޫލުގެ ދަށުން ފުރުސަތު ދެވިގެން ދާނީ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ނެޝަނަލް ޓްރެއިނިންގް ނީޑްސް ލިސްޓް" ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމަށް ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން، އެ ސްކޮލަޝިޕްގެ އުސޫލުތަކުގައިވާ ގޮތުގެ މަތިން، ކިޔެވުމުގެ ހަރަދުތައް ހަމަޖައްސައިދޭނީ ސަރުކާރުން ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސްކޮލަޝިޕް ލިބުމަށް ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، ރާއްޖޭގެ ސްކޫލެއް ނުވަތަ މަދަރުސާއެއްގެ ދަރިވަރެއްގެ ގޮތުގައި 2019 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާން ނުވަތަ ޝަހާދާ ސާނަވީ އިމްތިހާނު ހަދައިފައިވާ ދިވެހި ދަރިވަރަކަށް ވުމުގެ އިތުރުން، އިސްލާމް އަދި ދިވެހި މާއްދާ ހިމެނޭ ގޮތަށް މަދުވެގެން ފަސް މާއްދާ އިން 'އޭ' ފާސް ހޯދައިފާވުން ނުވަތަ ޝަހާދާ ސާނަވީ އިމްތިހާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން 'އޭ' ފާސް ހާސިލް ކޮށްފައިވުން ހިމެނެ އެވެ. 

އަދި، ޖީސީއީ އޯ ލެވެލް ނުވަތަ އައިޖީސީއެސްސީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން އިނގިރޭސިން 'ސީ' އަށް ވުރެ މަތީ ގްރޭޑް ހޯދައިފާވުން ހިމެނޭ ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

އެ ސްކޮލަޝިޕްގެ ދަށުން ކިޔަވަން ފުރުސަތު ހުޅުވާލާފައިވާ ގައުމު ތަކުގެ ތެރޭގައި ރާއްޖެ، ސާކްގެ އެހެނިހެން ގައުމުތައް، މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް، ޗައިނާ އަދި އޯއީސީޑީ ގައުމުތައް ހިމެނެ އެވެ.

ޝަރުތު ފުރިހަމަވާ ދަރިވަރުން ސްކޮލަޝިޕް ކިޔެވުމުގެ ކަންކަން ހަމަޖެއްސުމަށް ބޭނުންވާ ލިޔުންތައް މިނިސްޓްރީގެ މައި އެޑިއު ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް