ads
ފޮޓޯ: ރައީސް އޮފީސް
ރައީސް ދެއްވާ ހާއްސަ ސްކޮލަޝިޕްއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު 2019 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާން ފުރިހަމަ ކުރި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ދަރިވަރުންނަށް ހުޅުވާލައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު ޝަރުތު ހަމަވާ ދަރިވަރުންނަށް ހުޅުވައިލެވިފައި ވާއިރު، މި ސްކޮލަޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުންވާ ދާއިރާ އަކުން ބޭނުންވާ ގައުމެއްގައި ފުރަތަމަ ޑިގްރީ ހެދުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ.

އެ މިނިސްޓްރީ އިން ބުނި ގޮތުގައި، މި ސްކޮލަޝިޕްގައި ޑިގްރީ އަށް ބޭނުންވާ ހުރިހާ ހަރަދެއް ސްކޮލަޝިޕްގެ އުސޫލުގައިވާ ގޮތަށް ހަމަޖައްސައިދޭނީ ސަރުކާރުންނެވެ.

މި ސްކޮލާޝިޕް ލިބޭނީ ތިރީގައިވާ ޝަރުތުތައް ފުރުހަމަވާ ދަރިވަރުންނަށެވެ.

  • ދިވެހިރާއްޖޭގެ ސްކޫލް / މަދަރުސާއެއްގެ ދަރިވަރެއްގެ ގޮތުގައި 2019 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާން ނުވަތަ ޝަހާދާ ސާނަވީ އިމްތިހާން ހެދި ދިވެހި ދަރިވަރަކަށް ވުން
  • "އިސްލާމް" އާއި "ދިވެހި" ހިމެނޭ ގޮތަށް 5 މާއްދާއިން އޭ+ ފާސް ހޯދައިފާވުން ނުވަތަ ޝަހާދާ ސާނަވީ އިމްތިހާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން އޭ+ ހޯދައިފާވުން
  • ޖީސީއީ އޯލެވެލް ނުވަތަ އައިޖީސީއެސްސީ ނުވަތަ އެއާއި އެއްވަރުގެ އިމްތިހާނަކުން އިންގިރޭސިން ސީ އަށް ވުރެ މަތީ ގްރޭޑް ލިބިފައި ވުން

މި ޝަރުތުތައް ފުރިހަމަވާ ދަރިވަރުން ސްކޮލަޝިޕަށް ކުރިމަތިލުމަށް ބޭނުންވާ ލިޔެކިއުމާއި ސެޓްފިކެޓްތައް މިނިސްޓްރީ އޮފް ހައާ އެޑިއުކޭޝަންގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް