ads
ސްޕްރީމް ކޯޓުން ކުރިއަށް ގެންދިޔަ ފުރަތަމަ ވީޑިއޯ ކޮންފަރެންސް ޝަރީއަތް--
ސްޕްރީމް ކޯޓުގެ ޝަރީއަތެއް ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވައިފި
ސުޕްރީމް ކޯޓުގެ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށްގެންދާނެ ގޮތުގެ ގަވާއިދުގެ ދަށުން ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ޝަރީއަތެއް ބާއްވައިފި އެވެ.

ސުޕްރީމް ކޯޓުން ބުނި ގޮތުގައި މިއަދު މެންދުރު 13:00 ގައި ޝަރީއަތް ފެށިއިރު އެ މައްސަލައިގެ ބެންޗްގައި ހިމެނި ވަޑައިގެންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އެވެ. މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ކަމަށް ސްޕްރީމް ކޯޓުން ބުނެ އެވެ. 

މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މައްޗަށް ދައުވާކޮށް ބ. ތުޅާދޫ ގުލްބަހާރުގެ އަދުނާން ހުސައިންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ކޯޓުން ބުނެ އެވެ.

ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްގެންދާނެ ގޮތުގެ ގަވާއިދުގެ ދަށުން ބާއްވާ ޝަރީއަތްތައް ލައިވްކުރުމަށް ހަމަޖެހިފައިވީ ނަމަވެސް، މިއަދުގެ ޝަރީއަތް ލައިވްކޮށްފައެއް ނުވެ އެވެ.

ސްޕްރީމް ކޯޓުން ބުނި ގޮތުގައި މިއަދު ކުރިއަށް ގެންދެވުނު ޝަރީއަތުގެ މަޖިލިސް، ލައިވްކޮށްފައި ނުވަނީ އެ ޝަރީއަތުގެ މަޖިލީހަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން އާންމުކޮށް ހުޅުވާ ނުލައި ކުރިއަށް ގެންދަންޖެހޭ ބާވަތުގެ މައްސަލައެއް ކަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް