ads
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު-- ފޮޓޯ: ދަޕްރެސް
ފުލުހުން ގާނޫނާ ހިލާފަށް ކުރާ ކަންކަން އެންއައިސީ އިން ބަލަން ޖެހޭ: އިމްރާން
ފުލުހުން ގާނޫނުތަކާއި ހިލާފަށް ހިންގަމުން އަންނަ އަމަލުތައް ބެލުމަކީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ކުރަން ޖެހޭ ކަމެެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ އިދާރާ އާއި ޖަލުތަކުގައި ވެސް ނުހަމައިން ކަންކަން ނުހިނގާނެ ގޮތަށް އެތަންތަނުގެ ސިޔާސަތުތައް އެކުލަވާލުމަކީ ހޯމް މިނިސްޓްރީން ކުރާ ކަމެއް ކަމަށެވެ. 

އެކަމަކު ވަކިވަކި އޮފިސަރުން، ގާނޫނާއި ހިލާފަށް ހިންގާ ކަންކަމުގައި ފިޔަވަޅު އެޅުމަށް ގާނޫނުން މަތިކޮށްފައި ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ކަމަށާއި އޮފިސަރަކު ގާނޫނާއި ހިލާފު ކަމެއް ކޮށްފިނަމަ އެކަން ބަލުމަކީ އެތަނުގެ މައްޗަށް އޮތް ލާޒިމު ކަމެއް ކަމަށް މިނިސްޓަރުގެ ޓްވީޓުގައި ފާހަގަކުރައްވަ އެވެ.

މިނިސްޓަރު އެފަދަ މޭރުމަކުން ޓްވީޓް ކުރެއްވިއިރު މިފަހަކަށް އައިސް ގިނަ ބަޔަކު އަންނަނީ ފުލުހުންގެ އަނިޔާވެރިވެރިކަމާއި ގުޅިގެން އެ މުވައްސަސާއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް