ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޤާނޫނުއަސާސީ އިސްލާހު ކުރުން: "އިދިކޮޅުން އަމަލުކުރީ ވަރަށް ޒިންމާދާރު ކުޑަގޮތަކަށް"
ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ ކަންކަމުގައި އިދިކޮޅު ޕާޓީތަކުން އަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރު ކުޑަގޮތަކަށް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވަނީ ރާއްޖޭގެ ރައްޔިތުންގެ ކިބައިން މާފަށް އެދިފައެވެ. ރައީސް ނަޝީދު ވިދާޅުވީ ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ހެނދުނު ކުރިއަށް ގެންދެވުނީސް ކަމަށެވެ. 

އެހެން ނަމަވެސް މަޖިލީހުގެ މައިނޯރިޓީ ލީޑަރާއި މެޖޯރިޓީ ލީޑަރަށް މިކަމުގައި އެއްބަސް ނުވެވުމުން މި ބައްދަލުވުން ކުރިއަށް ނުގެންދެވުނީ ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުުވީ އާންމު ގޮތެއްގައި ކޮމިޓީ ރިޕޯޓަށް މެމްބަރުން ވަގުތު ބޭނުންވަނީ އިސްލާހު ހުށަހެޅުމަށް ކަމަށާއި، އެހެން ނަމަވެސް މިކަމުގައި އެއްވެސް އިސްލާހެއްވެސް ހުށަހަޅާފައި ނުވާކަމަށެވެ. 

"އެހެންވީމާ އަޅުގަނޑަށް ފެނުނުގޮތުގައި ވާދަވެރި ސިޔާސީ ޕާޓީތަކުން، ހާއްސަކޮށް ޕީޕީއެމް ޕީއެންސީން އަމަލުކުރައްވާފަ މިވަނީ ވަރަށް ޒިންމާދާރު ކުޑަގޮތަކަށް. އެބޭފުޅުން މި މަޖިލިސް ހިސޯރު ކުރެއްވުމުގެ ނިޔަތުގައި އަޅުގަނޑުމެނަށް އެފުރުސަތު ނުދީ ގަވައިދުގެ ވަރަށް ހަނި ދާއިރާއެއްގެ ތެރޭގައި މި މަޖިލިސް އެބޭފުޅުން ހިފެހެއްޓެވީ."

އެމްޑީޕީގެ 65 މެމްބަރުން މަޖިލީހުގައި ތިބިކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ބޭނުންވާނަމަ ޤާނޫނުއަސާސީ ބަދަލުކޮށް ގަވައިދު ބަދަލުވެސް ކުރެވޭނެކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ މެމްބަރުން އެދިވަދައިގަތީ ކިތަންމެ ހަނި ދާއިރާއެއްގައި ނަމަވެސް މި މަސައްކަތް ހިންގޭނެ ގޮތަކަށް މިކަން ހިންގުމަށްކަމަށެވެ. 

ރައީސް ނަޝީދުގެ މި ވާހަކަފުޅާއި އެކު ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވާފައެވެ. އެސަބަބާއި ގުޅިގެން ރައީސް ނަޝީދު ވަނީ ޝިޔާމްގެ ނަންއިއްވާ މަޖިލީހުގެ ތަޅުން ދޫކޮށް ދިއުމަށް އެދިވަޑައިގެންފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް