ads
މަޖިލީހުގަ ހިނގި ހަމަނުޖެހުމުގައި ޝިޔާމް އަށް އަނިޔާވެފައި--- ފޮޓޯ: ސޯޝަލް މީޑިއާ
މަޖިލީހުގައި ހިނގި ހަމަނުޖެހުމުގައި ޝިޔާމަށް އަނިޔާވެ ހޮސްޕިޓަލަށް ގެންދަނީ
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވުމުން މަޖިލީހުގެ ތަޅުމުގައި ހިނގި ހަމަނުޖެހުންތަކާއެކު ޝިޔާމަށް އަނިޔާވެ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ބޭރުގައި ހުންނަވާ ޗެނަލް13 އަށް ދެއްވި އިންޓަވިއުއެއްގައި ސައީދު ވިދާޅުވީ، ހަމަނުޖެހުންތަކުގައި ޝިޔާމުގެ ބުރަކައްޓަށް އަނިޔާވެ ހޮސްޕިޓަލަށް ގެންދިއުމުގެ މަަސައްކަތް ކުރައްވާމުން އަންނަ ކަމަށެވެ. 

ސައީދު ވަނީ އެމްޑީޕީގެ މެމްބަރުން ވަރަށް އަނިޔާވެރިކަމަށާއި ހަމަނުޖެހުން ހިންގީ ސީދާ އަނިޔާކުރަން ކަމަށް ވިދާޅުވެފަ އެވެ. 

ޤާނޫނުއަސާސީ އިސްލާހު ކުރުމަށް މިވަގުތު ކުރިއަށްދާ ޖަލްސާ ފައްޓަވާ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ މެމްބަރުންނާއި މުހާތަބުކޮށް ވާހަކަ ދައްކަވާފައެވެ. އަދި އެ ވާހަކަތައް ދައްކަވަމުން ދަނިކޮށް ޝިޔާމް ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރައްވާފަ އެވެ. 

އެއާއި އެކު ރައީސް ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުން ދޫކޮށް ނިކުތުމަށް އަންގާވަފަ އެވެ. 

ޝިޔާމްގެ ނަން އިއްވުމާއި މެދު މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި ވަނީ ބަހުގު ހޫނުހަމަލާތަކެއް ބަދަލުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް