ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަސަންގެ ސަންސެޓް ބިލް މަޖިލީހުން ފާސްކޮށްފި
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލާ އިމްތިގާލީ މުއްދަތުގައި އަމަލުކުރާނޭ އުސޫލުތައް ބަޔާންކުރާ ސަންސެޓް ޤާނޫނު މަޖިލީހުން ފާސްކޮށްފި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ 73 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރުމާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ހަސަން ލަތީފްގެ ބިލަށް ލާމަރުކަޒީ ކޮމިޓީން ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު މިރޭ މިބިލު ފާސްކޮށްފައިވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންގެ އިސްލާހުތަކަކާއި ވެސް އެކުގައެވެ. 

މި ބިލަކީ ޤާނޫނުއަސާސިއަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާގޮތަށް އަމަލުކުރުމަށް ފާސްކޮށްފައިވާ ބިލެކެވެ. 

މިރޭގެ މަޖިލީހުގައި ޤާނޫނުއަސާސީ އިސްލާހުކޮށްފައިވާއިރު ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހަކީ ސުޕްރީމް ކޯޓުގެ ލަފައާއި އެެއްގޮތަށް ގެނެސްފައިވާ އިސްލާހެކެވެ. 

އެގޮތުން ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ބ)ގެ ފަހަތަށް އިންތިގާލީ ދެ އަކުރެއް އިތުރުކޮށްފައިވެއެވެ. ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގައި ވަނީ ކޮވިޑް19 އާއި ގުޅިގެން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން ތިނެއް ޖޫން 2017 ގައި އިންތިހާބު ކޮށްފައިވާ ކައުންސިލްތައް މަގާމުގައި ދެމިތިބޭނެކަމަށެވެ. 

މީގެ އިތުރުން އެ އިންތިގާލީ މުއްދަތުގައި މަގާމުގައި ދެމިތިބޭ ކައުންސިލަރުން އަމަލުކުރާނޭ އިންތިގާލީ އުސޫލުތައް މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަނޑައަޅަންވާނެ ކަމަށް ޤާނޫނުއަސާސީގެ އިސްލާހުގައިވެ އެވެ. މެމްބަރު ހަސަންގެ ބިލު ކޮމިޓީން ބަދަލުކޮށްފައިވަނީ ޤާނޫނުއަސާސީގެ އިސްލާހުގައި ބަޔާންކުރާ ކައުންސިލަރުން އަމަލުކުރާނޭ އިންތިގާލީ އުސޫލުތައް ހިމެނޭގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް