ads
ފޮޓޯ: ސަން
ޤާނޫނުއަސާސީ އިސްލާހު ކުރުން: ބަންޑާރަނައިބުގެ ޝުކުރު މަޖިލީހަށް
ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޝުކުރު ދަންނަވައިފި އެވެ.

ކޮވިޑް19 އާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފައިވާއިރު، އިންތިހާބެއް ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ބޭތިއްބުމަށް ރައްޔިތުންގެ މަޖިލީހުން މިރޭ ވަނީ ޤާނޫނުއަސާސީއަށް އިސްލާހު ގެނެސްފައެވެ. 

އެ މަސައްކަތާއި ގުޅިގެން ބަންޑާރަނައިބު ވަނީ މަޖިލީހުގެ މެމްބަރުންނަށް ޝުކުރު ދަންނަވާފައެވެ. 

"ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހު ގެނެސް، ލާމަރުކަޒީ ނިޒާމު މެދުކެނޑުމެއްނެތި ދެމެހެއްޓުމަށް މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ކޮށްދެއްވި އިހްލާސްތެރި މަސައްކަތްޕުޅަށް ނުހަނު ޝުކުރު ދަންނަވަން."

މިރޭ ރައްޔިތުންގެ މަޖިލީހުން ވަނީ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ބ)ގެ ފަހަތަށް އިންތިގާލީ ދެ އަކުރެއް އިތުރުކޮށްފައިވެއެވެ. ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގައި ވަނީ ކޮވިޑް19 އާއި ގުޅިގެން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން ތިނެއް ޖޫން 2017 ގައި އިންތިހާބު ކޮށްފައިވާ ކައުންސިލްތައް މަގާމުގައި ދެމިތިބޭނެކަމަށެވެ. 

މީގެ އިތުރުން އެ އިންތިގާލީ މުއްދަތުގައި މަގާމުގައި ދެމިތިބޭ ކައުންސިލަރުން އަމަލުކުރާނޭ އިންތިގާލީ އުސޫލުތައް މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަނޑައަޅަންވާނެ ކަމަށެވެ. އަދި މިރޭގެ މަޖިލީހުގައި ވަނީ މަގާމުގައި ދެމިތިބޭ ކައުންސިލަރުން އަމަލުކުރާނޭ އިންތިގާލީ އުސޫލުތައް ބަޔާންކުރާ ބިލުވެސް ފާސްކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް