ads
ސްކޫލް ދަރިވަރުންތަކެއް--
ޖޫން 14 ގައި ޓީޗަރުން ނިކުންނަންޖެހޭކަމަށް ބުނެ އެއްވެސް ލިޔުމެއް މިނިސްޓްރީން ނުނެރޭ: މަބްރޫކް
ޖޫން 14 ގައި ޓީޗަރުން ސްކޫލްތަކަށް ނިކުންނަންޖެހޭކަމަށް ބުނެ އެއްވެސް ލިޔުމެއް އެޑިއުކޭޝަން މިނިސްޓްރީ އިން ނެރެފައި ނުވާނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވާކަމަށް ނެޝަނަލް އެމަޖެންސީ އޮަޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

މީރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންއީއޯސީގެ ތަރުޖަމާން، މަބްރޫކް އަޒީޒް ވިދާޅުވީ ބައެއް ސްކޫލްތަކުން މިމަހުގެ 14 ވަަނަ ދުވަހު ޓީޗަރުން ސްކޫލަށް ނިކުންނަން ޖެހޭނެ ކަމުގެ ވަހަކަ ތަކެއް ދެކެވެމުންދާތީ އެކަމާ އެޑިއުކޭޝަން މިނިސްޓްރީ އިން ކަންބޮޑުވުން ފާޅުކޮށްފައި ވާކަމަށެވެ. 

މަބްރޫކް ވިދާޅުވީ، އެ މިިނިސްޓްރީ އިން ޖޫން 14 ވަނަ ދުވަހު ޓީޗަރުން ސްކޫލްތަކަށް ނިކުންނަން ޖެހޭނެކަމަށް ބުނެ އެއްވެސް ލިޔުމެއް އެމިނިސްޓްރީ އިން ނެރިފައި ނުވާނެކަމަށް މިނިސްޓްރީ އިން ބުނެފައި ވާކަމަށާއި މިކަހަކަލަ ވާހަކަތަކެއް އިވެމުންދާތީ މިއީ ކިހިނެތް ހިނގާ ކަމެއްތޯ މިނިސްޓްރީ އިން ބަލަމުން އަންނަ ކަމަށް މިނިސްޓްރީ އިން ބުނެފައިވާ ކަމަށެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ، ސްކޫލްތައް އަލަށް ހުޅުވާނެ ތާރީހާއި ގޮތްތަށް ފައިނަލަޒް ކުރުމުގެ މަސައްކަތް މިހާރު އެޑިއުކޭޝަން މިނިސްޓްރީ އިން ކުރަމުން އަންނަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް