ads
ފޮޓޯ: އަލްޖަޒީރާ
ކާބުލްގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި ދެ މީހުން މަރުވެއްޖެ
ކާބުލް ގެ މަޝްހޫރު މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި ދެ މީހުން މަރުވެފައިވާ ކަމަށް ބައިނަލް އަގްވާމީ މީޑިއާ ތަކުން ރިޕޯޓު ކޮށްފި އެވެ.

އަފްގާނިސްތާންގެ ކެޕިޓަލް ސިޓީ ކަމަށްވާ ކަބުލްގެ މަޝްހޫރު މިސްކިތެއް ކަމަށްވާ ވަޒީރް އަކްބާރް ހާން މިސްކިތުގައި ހަރުކޮށްފައިވާ ބޮމެއް ގޮއްވާލާ، އެ މިސްކިތުގައި އެވަގުތު ތިބި މީހުންގެ ތެރެއިން ދެ މީހަކު ޒަހަމްވެ ދެ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓު ތަކުން ބުނެ އެވެ.

އަފްގާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ތޯރިޤް އަރިއަން ވިދާޅުވީ، އެ މިސްކިތުގައި ހަރުކޮށްފައިވާ ބޮން ގޮއްވާލައިފާ ވަނީ އަންގާރަ ދުވަހުގެ ރޭގަނޑު 7:25 ހާއިރު، އެތަކެއް ބަޔަކު ނަމާދު ކުރުމަށް މިސްކިތައް ގޮސްފައި ވަނިކޮށެވެ.

ބޮމުގެ ހަމަލައިގައި މަރުވި ދެ މީހުންގެ ތެރެއިން އެކަކަކީ މިސްކިތުގެ އިމާމް މުއްލާ މުހައްމަދު އަޔާޒް ނިއާޒީ ކަމަށް ރިޕޯޓު ތަކުން ބުނެ އެވެ. އަޔާޒް ނިއާޒީ މަރުވެފައި ވަނީ ބޮމުގެ ހަމާލައިގައި ޒަހަމް ވުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

އަފްގާނިސްތާންގެ ކާބުލްގެ މިސްކިތަކަށް ބޮމުގެ ހަމަލާއެއް ދީފައިވަނީ އެ ގައުމުގެ އުތުރުގެ ހިސާބެއްގެ މަގުމަތީގައި ބޮމުގެ ހަމަލާއެއް ދީފައި ވަނިކޮށެވެ. އެ ހަމަލާ ދީފައިވަނީ ތާލިބާނުން ކަމަށް ކަމާ ބެހޭ ފަރާތް ތަކުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް