ads
ގުޅީފަޅު ހިއްކުން-- ފޮޓޯ: އީޕީއޭ
ގުޅީފަޅު ހިއްކައިގެން ފަރަށް ގެއްލުންވާތީ ޕްލޭނިން މިނިސްޓްރީ އީޕީއޭ ކޮމިޓީއަށް ހާޒިކުރަނީ
މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިސް ބޭފުޅުންގެ އިތުރުން ގުޅީފަޅުގައި ގާއިމްކުރެވޭ ޕޯޓްގެ މަޝްރޫއުގެ އީއައިއޭ ކޮންސަލްޓަންޓް ހާޒިރުކުރަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ ގުޅިފަޅުގައި ޤާއިމްކުރެވޭ ޕޯޓްގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށުމާއެކު އެސަރަޙައްދުގެ ތިމާވެއްޓަށް އަސަރު ކުރަމުންދާތީ، އެކި ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅު ކުރަމުން ދިއުމާއެކު، އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމި ކަމަށެވެ. 

އެގޮތުން އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާއި މެދު ޖޫން މަހުގެ އެއް ވަނަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މަޝްވަރާކުުމަށް ފަހު ހާޒިރުވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމާފައި ވަނީ، ކޮމިޓީން މައްސަލަ ބެއްލެވުމަށް ފެނިވަޑައިގަންނަވާ ކަމަށް މަޖިލީހުން ބުނެ އެވެ. 

އެގޮތުން މައްސަލައާ ގުޅިގެން ހޯއްދަންޖެހޭ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ކޮމިޓީގެ އިދާރީ މޭޒުން މިހާރު
ވަނީ ފަށާފައިވާ ކަމަށާއި މައްސަލަ ދިރާސާ ކުރެއްވުމުގެގޮތުން، އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި އެ އިދާރާތަކުގެ އިސްވެރިންގެ ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައިވާ ކަމަށް ވެސް ބުނެ އެވެ.

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުގެ ފަރާތުން ބޮސްކާލިސް ކުންފުނިން މިހާރު ކުރަމުން އަންނައިރު އެ މަސައްކަތް ފެށުމާއެކު ވިލިމާލޭގެ ހުޅަނގު ދެކުނު ފަރާތުގެ ފަޅަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމު ވަނީ މައްސަލަ ބަލައިދިނުމަށް މަޖިލީހުގައި އެދިވަޑައިގެންފަ އެވެ. 

 އެގޮތުން، ގުޅިފަޅު ކޮންނަން ފެށި ދުވަހުން ފެށިގެން، އެ މަސައްކަތުގެ ސަބަބުން އުފެދޭ ކިސަޑުތައް ވިލިމާލޭގެ ފަރު މައްޗަށް ޖަމާވަމުންދާކަން ވަނީ ފާހަގަކުރެވިފައި ކަމަށާއި އެކަން އެހެންވާނެ ކަމަށް އެ ޕްރޮޖެކްޓާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އީއައިއޭ ރިޕޯޓުގައި ވެސް ބަޔާންކޮށްފައިވާ ކަމަށް އުޝާމް ވިދާޅުވެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް