ads
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ލަންކާ ކުޅުނު މެޗުގެ ތެރެއިން
އަވަށްޓެރި ލަންކާގެ ގައުމީ ފުޓްބޯޅަ ޓީމް ޕްރެކްޓިސް ފަށަނީ
އަވަށްޓެރި ލަންކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް އަލުން ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ލަންކާގެ ގައުމީ ޓީމުގެ ޕްރެކްޓިސް މި މަހުގެ ތެރޭގައި ފަށަން ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮވިޑާއި ގުޅިގެން މާޗު މަހުން ފެށިގެން ލަންކާގައިވެސް އޮތީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއް ހުއްޓިފަ އެވެ. އަދި އޭޝިއަން ކަޕާއި ވޯލްޑްކަޕް ކޮލިފައިންގައި ކުޅެން ޖެހޭ މެޗުތައް ފަސްކޮށްފައިވާތީ އެ ގައުމުގެ ގައުމީ ޓީމުގެ ހުރިހާ ހަރަކާތެއްވެސް އޮތީ ހުއްޓިފަ އެވެ. ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އަނޫރާދަ ޑި ސިލްވާއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ލަންކާގެ ގައުމީ ޓީމުގެ ޕްރެކްޓިސް އަލުން ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

އެގޮތުން، ހުރިހާ ކުޅުންތެރިން އެކަހެރިކޮށް ވަކި ޓްރެއިނިން ސައިޓެއްގައި އެ ކުޅުންތެރިން ބައިތިއްބައިގެން ފަރިތަކުރުންތައް އަލުން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އަދި އެކަމުގެ ޕްލޭންތައް ފެބްރިއަރީ މަހު ލަންކާގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމާއި ހަވާލުވި، ނިއުރޭޑިއަންޓްގެ ކުރީގެ ކޯޗު އާމިރު އަލަގިޗް އަންނަނީ ހަދަމުންނެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ލަންކާ ހިމެނިފައިވަނީ ކޮރެއާއާއި ތުރުކުމަނިސްތާން އަދި މެލޭޝިޔާއާއި އެއް ގްރޫޕެއްގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް