ads
ފުލުހުން----- ފޮޓޯ: ޕޮލިސް
ފާއިތުވި 12 ގަޑިއިރު ތެރޭގައި 21،000 އަށް ވުރެ ގިނަ ހުއްދަ ދޫކޮށްފި
ފާއިތުވި 12 ގަޑިއިރު ތެރޭގައި 21،000 އަށް ވުރެ ގިނަ ހުއްދަ ފުލުހުން ދޫކޮށްފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ލޮކްޑައުނަށް ދެވުނު ލުއި ތަކާއި އެކު ފާއިތުވި 12 ގަޑި އިރުގެ ތެރޭގައި 21،653 ހުއްދަ ފުލުހުން ދީފައި ވާކަމަށެވެ. 

ސީޕީ ވިދާޅުވީ މި ހުއްދަތައް ދެވިފައި ވަނީ 1،927 ވިޔަފާރިއަކަށް ކަމަށާއި މިއާއި އެކު 11،826 މީހުންނަށް އިގްތިސާދީ އެކި ކަންކަމުގައި މާލެ ސަރަހައްދުގައި ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ ދެވިފައި ވާކަމަށެވެ.

އޭޕްރިލް 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުނަށް ލުއި ދީފައި ވަނީ މީގެ ހަފްތާއެއް ކުރިން ނެވެ. މި ލުއިތަކާއި އެކު ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށް ދޫކުރެވޭ ހުއްދަތައް ދިނުން އިތުރުކުރާނެ ކަމަށް ހެލްތު މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. 

އޭގެ އިތުރުން އުމުރުން 60 އަހަރުން މަތީގެ ފަރާތްތަކަށް (އެހީތެރިޔަކު ބޭނުންވާނަމަ އެ މީހަކާއެކު) ހުއްދަ ލިބިގެން، ފަތިހު 5:00 އާއި ހެނދުނު 8:00 އާ ދެމެދު ތިން ގަޑިއިރަށް ގެއިން ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ އާއި މީހުން، އެއް ތަނުން އަނެއް ތަނަށް ގެންދިޔުމަށް ޓެކްސީތަކަށް ހުއްދަ ދިނުން އިތުރުކުރުން ވެސް މި ލުއިތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި މާލެއާއި ތިލަފުށްޓާ ދެމެދު މުދާ އުފުލުމަށް ދަތުރުކުރުމުގެ ހުއްދަދިނުން އިތުރުކުރުމުގެ އިތުރުން ހުއްދަ ލިބިގެން ސިނާއީ މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން އެ މަސައްކަތެއް ކުރުމަށް ކަނޑައެޅިފައިވާ ތަނަކަށް ދިޔުމާއި، އެ މީހުން ދިރިއުޅޭ ތަނަށް އެނބުރި އައުމުގެ ހުއްދަ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅައި އާންމުކުރާ އުސޫލެއްގެ ދަށުން ފިހާރަތަކާއި އަމިއްލަ އޮފީސްތައް ހުޅުވުމުގެ ފުރުސަތުވެސް ލޮކްޑައުން ލުއި ކުރުމާއި އެކު ވަނީ ދީފަ އެވެ. 

ކޮންސްޓްރަކްޝަން މަސައްކަތްތައް، މާލޭ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން، އެ ފަރާތްތަކުގެ ހުއްދަ ލިބިގެން ކުރިޔަށް ގެންދިޔުމުގެ ހުއްދަ ވެސް ދީފައި ވާއިރު، ބޭންކުން ކަނޑައަޅާ އުސޫލުގެ ދަށުން ބޭންކުތަކުން ދެވޭ ހިދުމަތްތައް އިތުރުކުރުމުގެ ހުއްދަ ވެސް އެޗްޕީއޭ އިން ވަނީ ދީފަ އެވެ. އަދި ސިއްހީ ހިދުމަތާއި އެހެނިހެން އާންމު ހިދުމަތްތައް ދިނުން އިތުރުކުރުމަށް ވެސް ލުއި ތަކުގެ ތެރޭގައި ހިމެނެއެވެ. 

އެޗްޕީއޭ އިން ވަނީ އެ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި، ޒަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުގެ ކަންކަން ހަމަޖެއްސުމާއި، އެ އެންގުމުގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ ލުއިތަކާ ގުޅިގެން ދޭންޖެހޭ ހުއްދަތައް ދޭނީ، މޯލްޑިވްސް ޕޮލިސް ސާވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށް ބުނެފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް