ads
ހެޕީމާކެޓްގެ ސީއީއޯ، އަލީ އިހުސާން-- ފޮޓޯ: އައްޑޫލައިވް
އައްޑޫ އެއިމްސް ކްލިނިކަށް ކޮވިޑަށް ޓެސްޓް ކުރުމުގެ ހުއްދައެެއް ނުދިން
ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ހުއްދަ ދެވެން ނެތް ކަމަށް އައްޑޫ ސިޓީގައި ހިންގަމުން އަންނަ އެއިމްސް ޑައިގްނޯސްޓިކް ކެއާއަށް އަންގައިފި އެވެ.

އެ ކްލިނިކްގެ މެނޭޖިން ޑިރެކްޓަރު އަލީ އިހުސާން، ކުރި ޓްވީޓެއްގައި ވިދާޅުވީ އެއިމްސް ކްލިނިކަށް ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ ހުއްދަ ދެވެން ނެތް ކަމަށް ހެލްތު މިނިސްޓްރީން އަނގަބަހުން އަންގާފައިވާ ކަމަށެވެ. އެހެންވެ އެ ހިދުމަތް ދިނުމަށް ކުރަމުންދިޔަ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

އިހުސާން އިތުރަށް ވިދާޅުވީ އޭނާ މިވަގުތު އިންތިޒާރު ކުރައްވަމުން އަންނަނީ އެއިމްސް ކްލިނިކަށް ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ ހުއްދަ ދެވެން ނެތް ސަބަބު ރަސްމީކޮށް ލިޔުމުން އަންގާނެ އިރަކަށް ކަމަށެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓްކުރެވެނީ ވެރިރަށް މާލެއިން އެކަންޏެވެ. އެއީ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗާއި އޭޑީކޭގެ އިތުރުން ފުލުހުންގެ ފޮރިންސިކް ލެބޯޓަރީންނެވެ. 

ސަރުކާރުން މީގެ ކުރިން ވަނީ މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮންނަ، އައްޑޫ ސިޓީގެ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ވެސް ކޮވިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް