ads
ތިމާވެށީގެ ދުވަސް: އަމިއްލަ ވެއްޓަށް ޒިންމާދާރުވަމާ!
ދިވެހިންގެ އާންމު ދިރިއުޅުމަކީ ވަށައިގެންވާ ގުދުރަތީ ވެއްޓަށް ބަރޯސާވާ ގައުމަކަށް ވެފައި އަމިއްލަ ވެއްޓަށް ޒިންމާދާރުވުމަކީ މުހިންމު ކަމެއް ކަމަށް އެންވައިރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ކޮންމެ އަހަރެއްގެ ޖޫން މަހުގެ ފަސް ވަނަ ދުވަހަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ. އެގޮތުން، ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އެންވައިރަމަންޓް މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނީ، އިންސާނުންގެ ހުރިހާ ކަމަކާއި ގުދުރަތީ ވެއްޓާއި ގުޅިފައިވާ ކަމަށާއި، އަދި ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގައި، އެންމެންގެ އާންމު ދިރިއުޅުމާއި އިގްތިސޯދާވެސް އަމިއްލަ ވެށި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ތީމަކީ، 'ޓައިމް ފޯ ނޭޗާ' ކަން ފާހަގަކޮސް ބަޔާނުގައި ބުނެފައިވަނި މި ތީމުން އަލިއަޅުވައިލެވިގެން ދަނީ ދުނިޔޭގެ ކުރިއެރުމަށާއި އިންސާނީ ކުރިއެރުމަށް ބޭނުންވާ މުހިންމު ތަކެތި ފޯރުކޮށްދިނުމުގައިވެށި އަދާކުރަމުން އަންނަ ރޯލާއި ބެހޭ ގޮތުން ކަމަށެވެ.

ރާއްޖޭގެ އާންމު ދިރިއުޅުމުގައި، ކެއިންބުއިމާއި، ސާފު ފެން ލިބިގަތުމަށާއި، އަދި ގުދުރަތީ ކާރިސާ ތަކުން ރާއްޖެ ހިމާޔަތް ކުރުމަށް ވެސް ބަރޯސާ ވަމުން އަންނަނީ ރާއްޖޭގެ ތިމާވެއްޓައް ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. 

އެ ކަންކަމުގެ އިތުރުން ގުދުރަތީ މާހައުލަކީ އޭގެ ޒާތުގައި ވެސް އަގު ހުރި އެއްޗެއްކަމާ މެދު ވިސްނައި އެ މާހައުލަށް އިހުތިރާމާއެކު ދިރިއުޅުން ބައްޓަންކުރަން އަޒުމް ކަނޑައަޅަންޖެހޭ ކަމަށް ބަޔާނުގައިވެ އެވެ.

އަޅުގަނޑުމެންގެ ތިމާވެއްޓަކީ އަގު ނުކުރެވޭފަދަ ބޮޑު ހަޒާނާ އެއް ކަމުން އެ ވެށި ހިމާޔަތް ކުރަން ޖެހޭނީ ހަމަ އަޅުގަނޑުމެން ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. އަދި އަމިއްލަ ވެއްޓަށް ޒިންމާދާރު ވުމަށް ގޮވާލާފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް