ads
ދީޕިކާ އާއި ބާބާ ރާމްދޭވް---
ބާބާ ރާމްދޭވްގެ ނަސޭހަތް ދީޕިކާ އަށް
އިންޑިއާގައި ޔޯގާ ގުރޫގެ ނަމުން މަޝްހޫރު ވެފައިވާ ބާބާ ރާމްދޭވް، ބޮލީވުޑުގެ އެކްޓަރެސް ދީޕިކާއަށް ނަސޭހަތެއް ދީފިއެވެ.
އިންޑިއާގައި ޔޯގާ ގުރޫގެ ނަމުން މަޝްހޫރު ވެފައިވާ ބާބާ ރާމްދޭވް، ބޮލީވުޑުގެ އެކްޓަރެސް ދީޕިކާއަށް ނަސޭހަތެއް ދީފިއެވެ.

ސިޓިޒެންޝިޕް ގާނޫނާ ދެކޮޅަށް މުޒާހަރާ ކުރުމުން، އިންޑިއާގައި ބަޔަކު އަނިޔާ ކުރި ދަރިވަރުންތައް ނިސްބަތްވާ ޔުނިވާސިޓީއަކަށް ދީޕިކާ ގޮސްފައިވާއިރު އޭގެ ފަހުން ގިނަ ފާޑު ކިޔުންތަކެއް ދީޕިކާ އަށް ވަނީ އަމާޒުވެފައެވެ.

އެގޮތުން ގިނަ ސިޔާސީ ފަރާތްތައް ވެސް ސޯޝަލް މީޑިއާގައި ވަނީ ނުރުހުން ފާޅުކޮށްފައެވެ. އޭގެ އިތުރުން ބައެއް ފަރާތްތަކުން ވަނީ ދީޕިކާގެ އެންމެ ފަހުން ނެރނު ފިލްމު "ޗަޕާކު"ގެ ޓިކެޓުވެސް ކެންސަލް ކޮށްފައެވެ.

އެކަމާ ގުޅިގެން ބާބާ ރާމްދޭވް ބުނީ އެނާ ކައިރިން ދީޕިކާ އެޑްވައިޒް ހޯދަން އެބަޖެހޭ ކަމަށެވެ. ގިނަ ބަޔަކު އެކަމަށް ޖޯކު ޖަހާފައިވާއިރު އެކަމާ ގުޅިގެން ދީޕިކާ އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.

މިމަހުގެ 10 ވަނަ ދުވަހު ނެރުނު ޗަޕާކް" ފިލްމަކީ ދިޕިކާ ޕްރޮޑިއުސްކޮށް އޭނާ ލީޑް ރޯލުން ފެންނަ ފިލްމެކެވެ. އޭގައި ފެނިގެން ދަނީ އެސިޑް ހަމަލާގެ ޝިކާރައަކަށްވި އަންހެނެއްގެ ހަގީގީ ހާދިސާ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް