ads
2020 ވަނަ އަހަރު އެންމެ ވިކޭނީ އަވަހަށް ފީވާ ބޫޓޫތައް
އަންނަ 2020 ވަނަ އަހަރު ދުނިޔޭގައި އެންމެ ވިކި މަޝްހޫރުކަން ހޯދާނީ އަވަހަށް ފީވާ ބޫޓުތައް ކަމަށް 'ސީއެންއެން ގެ ދަ އެޑިޝަން' އިން ބުނެފިއެވެ.
އަންނަ 2020 ވަނަ އަހަރު ދުނިޔޭގައި އެންމެ ވިކި މަޝްހޫރުކަން ހޯދާނީ އަވަހަށް ފީވާ ބޫޓުތައް ކަމަށް 'ސީއެންއެން ގެ ދަ އެޑިޝަން' އިން ބުނެފިއެވެ.

އެ ނޫހުގައި ބުނެފައިވާގޮތުން އެޑިޑާސް އިން ހިންގާ ރީބޫކް ކުންފުނިން ވަނީ 'ފްލޮރައިޓް ގްލޯ' ގެ ނަމުގައި އަވަހަށް ފީވާ ބޫޓެއް ތައާރަފްކޮށްފައެވެ.

މި ބޫޓުގެ މަތީފަޝަލަ ފަރުމާކޮށްފައިވަނީ ފަތްޕިލާވެލީގެ ބާވައްތައް ބޭނުންކޮށްގެނެވެ.

މާކެޓަށް ބޫޓު ނެރުމަށް ނިންމާފައިވަނީ އަންނަ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާއި ޑިސެންބަރު މަހާއި ދެމެދުއެވެ.



ބޫޓު އަވަހަށް ފީވާގޮތަށް ފަރުމާކުރުމުގެ ބޭނުމަކީ ބޫޓު އެއްލާލުމުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމެވެ.

އެމެރުކާގައި އަހަރެއްގެ މައްޗަށް 300 މިލިއަން ޖޯޑު ބޫޓު އުކާލައެވެ. ބޫޓާއި އަންނައުނު އެކުވެގެން 8.9 މިލިއަން ޓަނުގެ ކުނި އެމެރިކާގައި އުފެދެއެވެ. އެއީ މުޅި އެމެރުކާގައި އުފައްދާ 50.7 މިލިއަން ޓަނުގެ ކުނީގެ 17.6 ޕަސަންޓެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް