ads
ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ-- ފޮޓޯ: މިނިސްޓްރީ
ޖުލައި މަހު ހިޔާ ފްލެޓްތައް ހަވާލުކުރެވޭނެ ކަމަށް ބުނެވުނީ އޮޅުމަކުން: އާތިފާ
ހިޔާ ފްލެޓްތައް ޖުލައި މަހަށް ހަވާލުކުރެވޭނެ ކަމަށް ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ހައުސިން މިނިސްޓަރާއި ކުރެވުނު ސުވާލުތަކުގެ ތެރޭގައި ހިޔާ މަޝްރޫއުގެ 7،000 ފުލެޓުތައް ހަވާލުކުރުމުގެ މަސައްކަތާއި ގުޅިގެން ކުރެވުނު ސުވާލުތަކުގެ ތެރެއިން ދެވަނަ ބުރުގައި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްގަނީ އަބްދުލްހަކީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ފުލެޓުތައް ޖުލައި މަހަށް ހަވާލުކުރެވޭނެ ކަމަށް މިނިސްޓަރަށް ވިދާޅުވެވިފައި ވަނީ އޮޅުމަކުން ކަމަށެވެ. 

ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންގައި ތިބުމުގެ ސަބަބުން ކުރިން ފައިނަލް ލިސްޓް އިއުލާން ކުރަން ހަމަޖެހިފައި އޮތް ތާރީހުގައި ލިސްޓު އާންމު ނުކުރެވި ވާކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. އަދި އެގޮތަށް ދިމާވުމުގެ އެއް ސަބަބަކީ ލޮކްޑައުންގެ ސަބަބުން ގޭގެއަށް ގޮސް ހަދަންޖެހޭ އެސެސްމެންޓްތައް ހެދުމަށް ދަތިތަކާ ދިމާވުމުން ކަމަށް މިނިސްޓްރީން ބުނެ އެވެ. 

މިނިސްޓްރީން އިތުރަށް ބުނެފައި ވަނީ ލޮކްޑައުންގެ މުއްދަތު ނިމުނުހާ އަވަހަކަށް ގޭގެއަށް ގޮސް އެސެސްމެންޓް މަސައްކަތް ފަށައި ވީހާވެސް އަވަހަކަށް ލިސްޓު އާންމު ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރާނެ ކަމަށެވެ. 

ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މިނިސްޓަރު އާތިފާ ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ހަދަން ފެށި 7000 ފްލެޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓު އަންނަ މަހުގެ ނިޔަލަށް ފައިނަލްކޮށް ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަ ށެވެ. އަދި ފުލެޓްތައް ދޫކުރަން ފެށޭނީ ކިހާ ތަނެއްގައިތޯ ކުރި ސުވާލުގައި މިނިސްޓަރު ވިދާޅުވެފައި ވަނީ ހުޅުވިގެން މަސައްކަތް ފަށައި ގޮތަށް ޖުލައި މަސް ނިމުމުގެ ކުރިން އެތަންތަން ހަވާލުކުރަން ފެށޭނެ ކަމަށް ބެލެވޭ ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް