ads
ރާއްޖެއާ ގުއާމް ކުޅުނު މެޗުގެ ތެރެއިން
ރާއްޖެއާ ޗައިނާގެ މެޗު އޮކްޓޫބަރު 8 ގައި
ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފައިންގައި މާޗު މަހުގެ ފަހުކޮޅު ކުޅެން ޝެޑިއުލްކޮށްފައި އޮތް ރާއްޖެއާއި ޗައިނާގެ މެޗު އަންނަ އޮކްޓޫބަރު މަހުގެ އަށްވަނަ ދުވަހު ކުޅެން އޭއެފްސީން ޝެޑިއުލްކޮށްފި އެވެ.

މާޗު މަހު ކުޅެން އޮތް އެ މެޗު ފަސް ކުރީ، ކޮވިޑާއި ގުޅިގެންނެވެ.

ޗައިނާގައި ރާއްޖެއާއި ޗައިނާ، ކުޅެން އޮތް މެޗު އެންމެ ފުރަތަމަ މަސައްކަތް ކުރީ ތައިލެންޑްގައި ކުޅޭށެވެ. އެހެންނަމަވެސް ކޮވިޑާ ގުޅިގެން ތައިލެންޑްގައިވެސް އެ މެޗު ކުޅެވެން އޭރު ނެތުމުން، އޭއެފްސީން މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކުރީއެވެ.

ހުކުރު ދުވަހު އޭއެފްސީން އިއުލާންކުރި ގޮތުގައި ރާއްޖެއާއި ޗައިނާގެ މެޗު އޮންނާނީ އޮކްޓޫބަރު މަހުގެ އަށްވަނަ ދުވަހުއެވެ. އެ މެޗު ކުޅޭނެ ސްޓޭޑިއަމެއް އަދި ކަނޑައަޅާފައި ނުވިނަމަވެސް މިއީ ރާއްޖޭއިން ބޭރުގައި ކުޅޭ މެޗެކެވެ. ރާއްޖޭގެ ހޯމް މެޗުންވަނީ ޗައިނާ އަތުން ފަސް ލަނޑު ސުންލަނޑުން ބަލިވެފައެވެ.

ފަސްކޮށްފައިވާ ރާއްޖޭގެ އެހެން މެޗުތަކުގެ ތާރީހުތައްވެސް އޭއެފްސީން މިހާރުވަނީ ކަނޑައަޅާފައެވެ. އެގޮތުން ރާއްޖެއާ ސީރިއާ، މާލޭގައި ކުޅޭ މެޗަށް މިހާރު ކަނޑައަޅާފައިވާ ތާރީހަކީ އޮކްޓޫބަރު މަހުގެ ތޭރަ ވަނަ ދުވަހެވެ. އަދި ރަށުން ބޭރުގައި ރާއްޖެއާއި ފިލިޕީންސް ކުޅެން ޖެހޭ މެޗަށް މިހާރު ކަނޑައަޅާފައިވާ ތާރީހަކީ ނޮވެމްބަރު މަހުގެ ސަތާރަ ވަނަ ދުވަހެވެ.

ވޯލްޑްކަޕް އަދި  އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ބާކީ ތިން މެޗު އޮތްއިރު ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރު ވަނައިގަ އެވެ. ރާއްޖެ މޮޅުވެފައިވަނީ ގުއާމާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް