12889
CONFIRMED

DEATHS
11717
RECOVERED
🌏60,973,636
INFECTED
🌏39,069,813
RECOVERED
🌏1,432,047
DEATH
🌏64%
RECOVERY RATE
ރައީސް ނަޝީދާއި ޝިދާތާ ޝަރީފް--
ނަޝީދުގެ ބަހުގެ ހަމަލާއެއް ޝިދާތާއަށް: ކޯލިޝަނެއް ކަމަށް ދެކޭނަމަ ދައްކާ ވާހަކަ އަޑުއަހާ!
Share
އަދާލަތު ޕާޓީއަކީ އެމްޑީޕީގެ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި ދެކޭނަމަ އެޕާޓީގެ ޗެއާޕާސަން، ކަމަކާއި އެއްޗެއް ވިދާޅުވުމުން އެ ދައްކަވާ ވާހަކައެއް އަޑުއެހުން މުހިއްމު ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، މި ސަރުކާރުގައި ފުރަތަމަ ޖެންޑާ މިނިސްޓަރުކަން ކުރެއްވި ޝިދާތާ ޝަރީފަށް ބަހުގެ ހަމަލާއެއް ދެއްވައިފި އެވެ.
Advertisement

ނަޝީދު އެފަދަ، މޭރުމަކުން މިރޭ ޓްވީޓް ކުރައްވާފައި މިވަނީ އަދާލަތުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ރައީސް ޝިދާތާ، އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ. 

ޝިދާތާ ވިދާޅުވީ، އަދާލަތު ޕާޓީގެ ގޮނޑިއެއް މަޖިލީހުގައި ނެތަސް އަދި އެ ޕާޓީއަކީ ކުޑަ ޕާޓީއެއް ނަމަވެސް ކޮންމެ ފަހަރަކު ވެރިކަމަށް އަންނަން ބޭނުންވާ ވޯޓު ހަމަކޮށްދެނީ އެޕާޓީން ކަމަށެވެ. 

 ގާނޫނު އަސާސީ އިސްލާހުކުރުމަށް މިމަހުގެ ދެވަނަ ދުވަހުގެ ދަންވަރު، ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި ހިނގި ހަމަނުޖެހުންތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ރޭ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވިދާޅުވެފައިވާތީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވަމުން ގެންދަވާ ހަސަން ލަތީފް ވަނީ ރައްޔިތުންގެ ކުޑަވެސް ތާއީދެއް އެއްވެސް ދާއިރާއަކުން އަދާލަތު ޕާޓީއަށް ލިބި، މަޖިލީހުގެ އެންމެ ގޮނޑިއެއްގެ މިންވަރު ވެސް ކާމިޔާބު ކުރެވިފައި ނުވާއިރު މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން މިނިސްޓަރު އިމްރާނުގެ ހުންނަވައިގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. 

އެކަމަށް ރައްދުދެއްވައި ޝިދާތާ އިތުރަށް ވިދާޅުވެފައި ވަނީ މިނިސްޓަރު އިމްރާން، މަޖިލީހުގައި ހިނގާދިޔަ ކަންކަމުގެ ތެރެއަށް ވަންނަނީ އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ނޫން ކަމަށާއި ދާހިލީ ވަޒީރެއްގެ ހައިސިއްޔަތުން ކަމަށެވެ.

"މަޖިލީހުގެ މެމްބަރުކަން ކުރަންވާނީ އަދި ބޮޑު ޕާޓީއެއްގެ ޗެއާޕާސަންކަން ކުރަންވާނީ މިވަރު ދަންނަ މީހުން،" ޝިދާތާ ވިދާޅުވި އެވެ.

އެއަށް ރައްދު ދެއްވަމުން މިރޭ ނަޝީދު ކުރެއްވި ޓްވީޓުގައި ޝިދާތާ ޓެގްކުރައްވާ ވިދާޅުވެފައި ވަނީ އަދާލަތު ޕާޓީއަކީ އެމްޑީޕީގެ ކޯލިޝަން ޕާޓީއެއްްގެ ގޮތުގައި ދެކޭނަމަ އެމްޑީޕީގެ ޗެއާޕާސަން، ކަންކަމާއި އެއްޗެއް ވިދާޅުވުމުން އެ ވާހަކައެއް އަޑުއެހުން ބުއްދިވެރި ކަމަށެވެ. އަދި އެ ޕާޓީއަށް އެމަނިކުފާނު ފުރައިދިން ފޯމު މަދު ނުވާނެ ކަމަށާއި އެކަން އެ ޕާޓީގެ މުޝްތަޝާރަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރުކަން ކުރެއްވި ޝިދާތާ މަގާމުން އިސްތިއުފާ ދެއްވީ މަގާމުން ވަކިކުރަން އެމްޑީޕީގެ ޕީޖީ ގުރޫޕުން ވެސް ނިންމާފައިވަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރޭ ހޯމް މިނިސްޓަރު ވިދާޅުވީ އިންސާފުވެރިކަމާއެކު އެ މައްސަލަތައް ބަލައި އެކަންކަމުގައި އަޅަން ޖެހޭ ގާނޫނު ފިޔަވަޅުތައް އެޅުމަކީ ފުލުހުންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށާއި އެހެންކަމުން އެކަން ވެސް ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.  

 އެރޭ ހަމަނުޖެހުން ހިނގީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާ ފައްޓަވާ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، މެމްބަރުންނާއި މުހާތަބުކޮށް ވާހަކަ ދައްކަވަމުންދަނިކޮށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރެއްވުމުން ނަން އިއްވުމުންނެވެ. 

އެކަމަކު މަޖިލީހުގެ ތަޅުން ދޫކޮށް ނިކުންނެވުމަށް އެންގެވުމުން ވެސް އެގޮތަށް އެކަން ނުކުރެއްވުމުން ވަނީ މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި ހަމަނުޖެހުމަކަށް ބަދަލުވެފަ އެވެ. އަދި މެމްބަރުންނަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް އިދިކޮޅުން ވަނީ ފުލުހަށް ހުށަހަޅާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް