ads
ޝާހް އާއި ކަރީނާ
ޝާހް އާއި އެއް ފެންވަރުގެ ތަރިއެއް ބޮލީވުޑަކުން ނުފެންނާނެ: ކަރީނާ
ޝާހްރުކް ހާން އާއި އެއް ފެންވަރުގެ ތަރިއެއް ބޮލީވުޑުން ނުފެންނާނެ ކަމަށް ކަރީނާ ކަޕޫރް ހާން ބުނެފި އެެވެ.

ކަރީނާ ބުނެފައި ވަނީ ބޮލީވުޑްގައި ކާމިޔާބު، ކުޅަދާނަ އަދި މޮޅު ކިތަންމެ ތަރިއެއް ފެނިގެންގޮސްދާނެ ކަމަށާއި އެހެން ނަމަވެސް އެއްވެސް ތަރިއަކަށް ޝާހް އާއި އެއް ވަރު ނުކުރެވޭނެ ކަމަށެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް ކަމަށްވާ ކަބީ ހުށީ ކަބީ ގަމް އާއި ރާ-ވަން ފަދަ ފިލްމުތަކުން އެކުގައި ފެނިގެން ގޮސްފައިވާ މިދެ ތަރިންގެ ގުޅުމުގެ ވާހަކަ ކިޔައިދެމުން ކަރީނާ ވަނީ ޝާހް އަށް ގިނަ ތައުރީފްތަކެއް ކޮށްފަ އެވެ. 

އޭނާގެ ފިރިމީހާ ސައިފް އަށް ފަހު ޝާހް އަކީ އޭނާ ދެކޭގޮތުގައި އަންހެނުންނަށް އެންމެ އިހުތިރާމު ކުރާ ތަރިއެވެ. ކަރީނާ ވަނީ ޝާހް އޭނާ އާއި އެކު ފިލްމުތަކުން ފެނިގެންދާ އަންހެން ތަރިން ކާރާ ހިސާބަށް ގެންގޮސްދޭކަން ވެސް ފާހަގަކޮށްފަ އެވެ. 

ޝާހް އަކީ ޕާޓީ ތަކުގެ ރޫޙު ކަމަށާއި އޭނާގެ އެނާޖީ އާއި އެއްފަދަ ނުކުރެވޭނެ ކަމަށް ވެސް ކަރީނާ ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް