ads
އީރާނުން ކޮވިޑް-19 ގެ ދެ ވަނަ ރާޅަކަށް ތައްޔާރު ވަނީ
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ އީރާނުން ވައިރަހުގެ ދެވަނަ ރާޅަކަށް ތައްޔާރުވާން ފަށައިފި އެވެ.

އަލް ޖަޒީރާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، ކޮރޯނާ ވައިރަހުގެ ކޭސްތައް އަނެއްކާ ވެސް ފެންމަތިވާން ފެށުމާއި ގުޅިގެން ކޮވިޑް-19 ގެ ބޮޑު ސާޖެއް އަނެއްކާ ވެސް އީރާންގައި ފެނިގެންގޮސްދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

އެގޮތުން، ކޮވިޑް-19 ގެ "ނިއު-ނޯމަލް" ހާލަތަށް މިހާރު ގައުމު ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނައިރު، ލޮކްޑައުނަށް ލުއިތައް ދިނުމުގެ ކުރިން، އެ ހާލަތުގައި ދެމިތިބެން ޖެހިދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

އަދި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެންމެ ފުރަތަމަ އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އަނެއްކާ އަލުން އަނބުރާ ގާއިމްކޮށް، ބޯޑަރުތައް ބަންދުކޮށް، ގައުމު އެއްކޮށް ލޮކްޑައުންކުރުމުގެ އިތުރުން ވެސް ފިޔަވަޅުތައް އަޅަން ޖެހިދާނެ ކަމަށް ބުނެ އެވެ. 

އީރާނުގެ ރެޑް ކްރެސެންޓް ސޮސައަޓީގެ އިންޓަނޭޝަނަލް އޮޕަރޭޝަންސް ޑިރެކްޓަރު މަންސޫރާ ބެގާރީ ވިދާޅުވި ގޮތުގައި، ކޭސް ފެންނަ މިންވަރު އިތުރުވެފައިވާ އެއް ސަބަބަކީ ކުރިއަށް ވުރެ ޓެސްޓް ކުރެވޭ މިންވަރު އިތުރު ކުރެވިފައިވުމެވެ. އަދި އަނެއް ސަބަބަކީ މީހުން ވައިރަހާއި މެދު ދެކޭ ގޮތް ތަފާތުވުމާއި، ވައިރަހުގެ ބިރުވެރިކަން ހަނދާން ނައްތާލާ، ވައިރަހަށް އެހާ ބޮޑު ސަމާލުކަމެއް ނުދިނުން ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

އޭގެ އިތުރުން، ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ސަމާލުކަންދީ، ގައިދުރުކަން ބެހެއްޓުމަށް އިސްކަންދެނީ މިހާރު ވަރަށް މަދު ބައެއްކަން ވެސް ވަނީ އޭނާ ފާހަގަކުރައްވަ އެވެ.

"މިއީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް،" - މަންސޫރާ ބެގާރީ

މި މަހުން ފެށިގެން އީރާންގައި ވައިރަސް ޖެހޭ މީހުންގެ އަދަދު އަނެއްކާ ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 3،000 މީހުން ވައިރަހަށް ޕޮޒިޓިވްވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި، ލޮކްޑައުންއަށް ލުއި ދިން ފަހުން އެންމެ ގިނަ އަދަދެއްގެ ބަޔަކު ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު އެ ގައުމުން، 3،574 މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ނޫސްތަކުން ރިޕޯޓްކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް