ads
ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ
ވިދާޅުވި ގޮތަށް މިނިސްޓަރު ނަހުލާ ފޮޓޯ ހިއްސާ ކުރައްވަން ފައްޓަވައިފި
ޓެކްސީ އަދި ޕިކަޕް ސެންޓަރުތަކުގެ ވެރިންނާ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ބައްދަލުކުރައްވައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ ގްރޭޓާ މާލޭ ސަރަޙައްދަށް ހުއްދަ ދީފައިވާ ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކުގެ އިސް ވެރިންނާއި  މިނިސްޓަރު ނަހުލާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. 

މި ބައްދަލުވުމުގައި ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކަށް މިދުވަސްވަރު ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. 

ޖޫން ތިން ވަނަ ދުވަހު ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް މިނިސްޓަރު ނަހުލާ ހާޒިރު ކޮށްފައިވާއިރު މެމްބަރުން އެދުވަހު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ މި ދުވަސްވަރުވެސް އެ މިނިސްޓްރީގެ މުވައްޒަފުންނާއި އެކަމަނާ ބުރަކޮށް މަސައްކަތުގައި އުޅޭކަމަށެވެ. އެހެން ނަމަވެސް އެކަންކަން ނޭންގެނީ ފޮޓޯ ނުނަގާތީ ކަމަށް ވެދާނެ ކަމަށް ވިދާޅުވި އެވެ. ކުރިއަށް އޮތް ތަނުގައި އެ ފޮޓޯތައް ނަގާފައި މީޓީންތަކުގެ އަޕްޑޭޓްސް ފޮނުވާނެ ކަމަށްވެސް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ. 

މިއީ މިނިސްޓަރު ނަހުލާ އެފަދައިން ވިދާޅުވި ފަހުން ޓްރާންސްޕޯޓް މިނިސްޓްރީން އެކަމަނާގެ މަސައްކަތާއި ބެހޭގޮތުން މައުލޫމާތު ހާމަކުރި ފުރަތަމަ ފަހަރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް