ads
ގޯސްޓް ސްޓޯރީޒްގެ ޓްރައިލާ ދޫކޮށްލައިފި، ބިރުން ހަލާކު؟
ކަރަން ޖޯހަރާއި ޒޯޔާ އަކްތަރު އަދި އަނުރާގް ކަޝްޔަޕުގެ އިތުރުން ދިބާކަރު ބަނާޖީ ޑައިރެކްޓްކޮށް ނެޓްފްލިކްސްއަށް ދޫކޮށްލުމަށް ތައްޔާރުވަމުން އަންނަ، "ގޯސްޓް ސްޓޯރީޒް" ގެ ޓްރައިލާ އާންމުކޮށްފި އެވެ.
ކަރަން ޖޯހަރާއި ޒޯޔާ އަހްތަރު އަދި އަނުރާގް ކަޝްޔަޕުގެ އިތުރުން ދިބާކަރު ބަނާޖީ ޑައިރެކްޓްކޮށް ނެޓްފްލިކްސްއަށް ދޫކޮށްލުމަށް ތައްޔާރުވަމުން އަންނަ، އެންތޮލޮޖީ ފިލްމު ސީރީޒްގެ ތިންވަނަ ފިލްމު "ގޯސްޓް ސްޓޯރީޒް"ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

ދެ މިނެޓްގެ މި ޓްރެއިލާ އާންމުކުރިއިރު ފިލްމުގެ ނަމުން ވެސް އެނގިގެންދާ ގޮތަށް މިއީ ޖިންނީގެ ބިރުވެރި ކަންތައްގަނޑެއް ފެނިގެންދާ ފިލްމެކެވެ.

ޓްރެއިލާއިން ވެސް މީހުން ބިރު ގަންނަވާލާ، މި ފިލްމަށް އިންތިޒާރު ކުރާނެ ވަރު މިވަނީ ކޮށްލާފަ އެވެ.


ފިލްމުގައި ޖާންވީ ކަޕޫރު ފެނިގެންދަނީ ނަރުހެއްގެ ރޯލުންނެވެ. އަދި މުރްނާލް ތާކުރާއި އަވިނޭޝް ތިވާރީ ވެސް ފިލްމުން ފެނިގެންދާއިރު މި ފިލްމުގައި ދެންވާން އުޅޭ ގޮތެއް ބެލުމަށް ދެން ކެތްކުރަން ޖެހެނީ ފިލްމު ނެޓްފްލިކްސްއަށް އަންނަ ދުވަހަކަށެވެ. ފިލްމު އާންމުންނަށް ދޫކޮށްލާނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް