ads
ހިޔާ ފްލެޓްތައް--
ހިޔާ ފްލެޓް ހެދީ ކޮތަރި ކޮށި ތަކެއްހެން، އެއީ ދަރަނީގެ ދަންތުރައެއް: ނަޝީދު
ހިޔާ މަޝްރޫއުގެ ދަށުން ހަދާފައިވާ ފްލެޓްތަކަކީ ކުދި ކޮތަރު ކޮށިތަކެއް ކަމަށާއި އެއީ ދަރަނީގެ ދަންތުރާއެއް ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓުތަކުގެ ފޮޓޯއެއް ހިއްސާކުރައްވަމުން ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، "މިއީ ދަރަނީގެ ދަންތުރައިގެ ފޮޓޯ" އެއް ކަމަށެވެ. 

އަދި ހިޔާ ފްލެޓްތައް އެވަނީ 500 އަކަފުޓީގެ ކުދި ކޮތަރު ކޮށިތަކެއް ގޮތަށް ކަމަށާއި އެތަނުން ތަނެއް ހެދުމަށްޓަކައި ހަރަދުކޮށްފައި ވަނީ އަކަފޫޓަކަށް 1900 ކަމަށް ބުނާ ކަމަށް ވެސް ނަޝީދު ވިދާޅުވެ އެވެ. އެހެންކަމުން ކުލީގެ ގޮތުގައި އެތަނަށް 11000 ރުފިޔާ ޖެހޭކަން ފާހަގަކުރައްވާ ނަޝީދު ވަނީ ދެން ދެކޮޅު ޖައްސާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފަ އެވެ.

އަދި ވިދާޅުވީ އެ ފްލެޓްތައް ފިޔަވައި، ދެން ހަދާފައިވާ ގިނަ ތަންތަނަކީ އެމްޑީޕީގެ ސިޔާސަތެއް ކަމަށާއި އެތަންތަން ތަނަވަސްވާނެ ކަމަށެވެ. އަދި އަގުވެސް އެކަށީގެންވާނެ ކަމަށް ވިދާޅުވި އެވެ. 

"ބޮޑު ދަރަންޏެއް ނޯންނާނެ. އިރާދަކުރެއްވިއްޔާ މިދަރަނި ވެސް ސަރުކާރުން ދައްކާނެ. އަދި އިތުރު ތަނަވަސް ފްލެޓްތައް ވެސް އަޅައި ދެއްވާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ އަކަފޫޓަކަށް 900 ރުފިޔާގެ މަގުން އަސްލު އަގު ހުރި މަސައްކަތެއް 1900 ރުފިޔާއަށް ކުރުމުން ތަފާތުވީ ބައި ކޮބާތޯ ސުވާލު އުފައްދަވާފަ އެވެ. އަދި ޗައިނާ ކުންފުނިން ދެކޮޅު ނުޖެހޭ މިންވަރަށް އަގު އުފުލީ ދަރުވާލުމަށް ފަހު، އެ ކުންފުނިން ގަންނަންތޯ ސުވާލު އުފައްދަވަމުން ނަޝީދު ވަނީ ސްރީލަންކާ އާއި އެފްރިކާއަށްވީ އެހެން ކަމަށް ވިދާޅުވެފަ އެވެ.

ހުޅުމާލޭގައި ދެވަނަ ފިޔަވަހީގައި ޗައިނާގެ ސްޓޭޓް އިންޖީނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީއާ ހަވާލުކުރި އެ މަޝްރޫއުގައި އިމާރާތްކުރަމުން ދަނީ 25 ބުރީގެ 16 ޓަވަރެވެ. އެއިން ކޮންމެ ފްލެޓެއްގެ ބޮޑު މިނަކީ 550 އަކަ ފޫޓެވެ.

އެ ފްލެޓުތައް ކުދި ކަމުން މީގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އެތަނަށް ޑަބަލް ބެޑަކާއި އަލަމާރިއެއް ވެއްދުމަށް ފަހު އިތުރު ޖާގައެއް ނޯންނާނެކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް