ads
ސައުދީގައި މީހެއްގެ ހުން ބަލަނީ: ފޮޓޯ އަންދޮލް އެޖެންސީ
ސައުދީގައި ކޮރޯނާ ޖެހުނު މީހުންގެ އަދަދު 100،000 އަށްވުރެމައްޗަށް
ސައުދީ އަރަބިއްޔާގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 100،000 އަށްވުރެ މައްޗަށް އަރައިފިއެވެ.

މިއަދު އެކަނިވެސް ސައުދީ އަރަބިއްޔާއިން ވަނީ 3،045 މީހުންނަށް ކޮރޯނާވައިރަސް ޖެހުނުކަމަށް ރިޕޯޓުކޮށްފައެވެ. 

މިހާތަނަށް ސައުދީން ވަނީ ކޮރޯނާ ވައިރަސް ޖެހިގެން 712 މީހުން މަރުވެފައެވެ. 

މިހާތަނަށް ސައުދީން ކޮރޯނާ ޖެހުނުކަމަށް އެ ގައުމުން ރިޕޯޓުކޮށްފައިވާ އަދަދަކީ 101،941 އެވެ. ސައުދީން ވަނީ ހަރުކަށި ލޮކްޑައުން އަކަށްފަހު މިސްކިތްތަކާއި ބައެއް ވިޔަފާރިތައް ހުޅުވާލުމަށް ނިންމާފައެވެ. 

ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް މުޅި ދުނިޔެއިން، 400،000 މީހުން ވަނީ މަރުވެފައެވެ. މީގެތެރެއިން 30 ޕަސަންޓު މީހުން މަރުވެފައިވަނީ އެމެރިކާއިންނެވެ. މުޅި ދުނިޔެއިން އެންމެ ގިނަބަޔަކަށް ކޮރޯނާ ވައިސް ޖެހިފައިވަނީ ވެސް އެމެރިކާއިންނެވެ. 

ދެވަނައަށް އެންމެ ގިނައިން ކޮރޯނާ ވައިރަސް ޖެހުނު ޖެހިފައިވަނީ ލެޓިން އެމެރިކާގެ ގައުމުތަކުގެ މީހުންނަށެވެ. އެގޮތުން މުޅި ދުނިޔޭގެ 15 ޕަސަންޓު ކޭސް ފެނިފައިވަނީ ލެޓިން އެމެރިކާއިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް