ads
ކަރީނާ އާއި ސައިފް އަދި ތައިމޫރު--
ތައިމޫރު ގޮވައިގެން މާސްކް ނާޅައި ސައިފް ބޭރަށް ނިކުތުމުން ފާޑުކިޔަނީ
އިންޑިއާ ލޮކްޑައުނެއްގައި އޮތުމަށް ފަހު ދިން ލުއިތަކާއެކު މިހާރު ބޭރަށް ނިކުމެ އުޅުމުގެ ފުރުސަތު ފަހިވެފައިވާތީ ބޮލީވުޑުގެ ދެތަރިން ކަމަށްވާ، ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރު މިވަނީ އެމީހުން ދަރިފުޅު، ތައިމޫރު ގޮވައިގެން ބޭރަށް ނިކުމެފަ އެވެ.

އެގޮތުން މޫދު ދޮށުގައި އެ ތިން ބަފައިން އުޅޭ ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ގިނަ ބައެއްގެ ފާޑުކިޔުންތައް މިވަނީ ސައިފްއަށް އަމާޒުވެފަ އެވެ. 

އެގޮތުން ކަރީނާ އާއި ތައިމޫރު ފޭސް މާސްކް އަޅައިގެން ހުރި މަންޒަރު ފެނުން ނަމަވެސް ސައިފް ހުރީ ފޭސް މާސްކް ނާޅަ އެވެ. 

އެހެންވެ ފާޑުކިޔުންތައް އަމާޒުކުރި މީހުން ވަނީ މާސްކްއަށް ވުރެ އަވިއައިނު އޭނާއަށް މުހިއްމުވީތޯ ސުވާލުކޮށްފަ އެވެ.

އަދި އަނެއް ބަޔަކު ވަނީ މުމްބާއީ އިން ގިނަ އަދަދެއްގެ ކޮވިޑް-19 ގެ ކޭސްތަކެއް ފެނުންއިރު ވެސް ސައިފް ރައްކާތެރިވުމުގެ ފިޔަވަޅު ނޭޅުމުން ހައިރާންވާ ކަމަށް ވެސް ބުނެފަ އެވެ. 

ލޮކްޑައުންގެ ދުވަސްވަރު ގޭގައި ބަންދުވެފައި ތިބިއިރު ކަރީނާ ވަނީ އެމީހުންގެ ދުވަސްތައް ހޭދަކުރަމުން އައި ގޮތް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށްފަ އެވެ. އެގޮތުން ދަރިފުޅުގެ ގިނަ ފޮޓޯތަކެއް އޭގެ ތެރޭގައި ހިމެނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް