ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޗައިނާއާއި އެކު ވެފައިވާ އެއްބަސްވުން ދެމި އޮތްކަމަށް ދެކެވޭކަށް ނެތް: ރައީސް ނަޝީދު
ރާއްޖެއިން ޗައިނާ އާއި އެކު ވެފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ދެމި އޮތްކަމަށް ދެކެވެން ނެތްކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 18 ވަނަ މަޖިލީހުން ޗައިނާ އާއި އެކު ފްރީ ޓްރޭޑް އެގްރިމެންޓެއް ހަދާފައިވާކަމަށެވެ. 

އެހެން ނަމަވެސް އެ އެއްބަސް ވުމުގެ ދަށުން ކުރަންޖެހޭ އެއްވެސް ކަމެއް ނުކުރެވި ވާކަމަށް ވިދާޅުވި އެވެ. 

"އެހެން ވީމާ ހަގީގަތުގައި އެ އެއްބަސްވުން ދެމި އޮތްކަމަކަށް އެއްގޮތަކަށް ވެސް ދެކެވޭކަށް ނެތް."

އެހެން ނަމަވެސް އެ އެއްބަސްވުމުގެ ކަންކަން މަޖިލީހުން ކޮންމެސް ގޮތަކަށް ނިންމައިދިނުމަކީ ބޭނުންތެރިކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާ އާއި އެކު ގާއިމުކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމެންޓްގެ މައްސަލަ މިއަދު މަޖިލީހަށް ކުރިން އޮތީ އެޖެންޑާ ކޮށްފައެވެ. އެހެން ނަމަވެސް ފަހުން އެ މައްސަލަ ވަނީ އެޖެންޑާއިން ނަގާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް