ads
ގުރުއާން ކްލާސް ހިންގާ މީހަކު ދަރިވަރުންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ!
ގުރުއާން ކްލާސް ހިންގާ މީހަކު ދަރިވަރުން ތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އުތުރުގެ ރަށެއްގައި ގުރުއާން ކްލާހެއް ހިންގާ 28 އަހަރުގެ ދިވެހި ފިރިހެނަކު 18 އަހަރު ނުވާ ދަރިވަރުން ތަކަކަށް ޖިންސީގޯނާކުރި ކަމުގެ މައްސަލައެއް މިދިޔަ ހޮނިހިރު ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނައިރު މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ގުރުއާން ކްލާސް ހިންގާ މީހަކު އެތަނުގެ ދަރިވަރުންނަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ ކުއްޖަކު މާލެ ގެނެސް އެކުއްޖާ ރޭޕްކުރި މައްސަލައެއް މިދިޔަ މަހުގެ 30 ވަނަ ދުވަހު ފުލުުހުން ބަލަން ފަށާ 24 އަހަރުގެ ފިިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް