ads
ހިޔާ ފްލެޓްތައް--
މިދިޔަ ސަރުކާރުން އެޅި 6860 ފްލެޓު ލިބުނު ކަމުގެ ލިޔުން 11000 މީހަކަށް ދިން: ޝާމިން
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރި "ހިޔާ މަޝްރޫއު" ގެ 7000 ފްލެޓް ލިބޭނެ ކަމުގެ ލިޔުން 11000 ފަރާތަކަށް ދީފައިވާ ކަމަށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓުތަކާއި ގުޅިގެން ޝާމިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 7000 ފްލެޓު ކިޔަސް އެތަނުގައި ހުރީ އެންމެ 6860 ފްލެޓު ކަމަށައި އެގޮތުން އިންތިހާބާދިމާކޮށް އަދި އިންތިހާބު ނިމި އާސަރުކާރު ހުވާކުރުމާ ދޭތެރޭ 11000 އަށް ވުރެ ގިނަ މީހުންނަށް ފްލެޓް ލިބޭނެ ކަމުގެ ލިޔުންދީފައިވާ ކަމަށެވެ. 

އޭގެ އިތުރުން ޝާމިން ވަނީ އެތަނުގެ އަގު ބޮޑުކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ 550 އަކަފޫޓުގެ ދެ ކޮޓަރި އެޕާޓްމަންޓަކަށް 82398 ޑޮލަރު އަރާ ކަމަށާއި އެއީ އަކަފޫޓަކަށް 2300 ރުފިޔާ ކަމަށެވެ. 

"އެވެސް އަދި ފިނިޝިން މަސައްކަތް ނުހިމަނާ، މަސައްކަތް ލަސްވަނީ ފިނިޝިންގ މަސއްކަތް ނިންމުމަށް،" ޝާމިން ވިދާޅުވި އެވެ.

ޝާމިން އިތުރަށް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް އަޅަން ހަވާލު ކުރެވުނު ފްލެޓްތަކުގެ ޖާގަ ތަނަވަސްވެފައި އަގު ހެޔޮވާނެ ކަމަށެވެ. އަދި 900 އަކަފޫޓްގެ 3 ކޮޓަރީގެ އެޕާޓްމަންޓެއް ހެދުމަށް ހަވާލު ކުރެވިފައިވާނީ 52000 ޑޮލަރަށް ކަމުން އަކަފޫޓަކަށް ޖެހޭނީ 890 ރުފިޔާ ކަމަށް ވިދާޅުވި އެވެ. 

"އިރާދަކުރެއްވިއްޔާ އަގުހެޔޮވެފަ ތަނަވަސްވާނެ،" ޝާމިން ވިދާޅުވެ އެވެ.

ހިޔާ ފްލެޓުތަކާއި ގުޅިގެން ކަންބޮޑުވުން އިތުރުވެފައިވާ މިދަނޑިވަޅުގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެކަމާއި ގުޅިގެން ވާހަކަ ދައްކަވާފަ އެވެ. މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްގެ ކޮންސްޓްރަކްޝަން ކޯސްޓާއި ހުރިހާ ފިނިޝިން ކޯސްޓެއް އަދި ފައިނޭންސިން ކޯސްޓް ވެސް ހިމަނައިގެން ޖެހޭ ވަރުގެ މައްޗަށް ފައިދާ ވެސް ހިމަނައިގެން މަހަކު 5600 ރުފިޔާ، 20 އަހަރަށް ބަހާލައިގެން ފްލެޓް ލިބޭ ފަރާތްތައް ދެއްކުމުން ވެސް ދެކޮޅު ޖެހޭ ކަމަށެވެ. އަދި ރައީސް ޔާމީން އެގޮތަށް ނިންމެވީ ވެސް އެ ސަބަބާހުރެ ކަމަށް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް