ads
7 ފެބްރުއަރީގެ ހަމަނުޖެހުމުގެ ތެރެއިން---
ފުލުހުންގެ ބިލާ އެކު 7 އަދި 8 ފެބްރުއަރީގެ ހަނދާންތައް މަޖިލީހުގައި އާކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރަމުން އަންނަނީ ސަރުކާރުގެ ފަރާތުން، ހެންވޭރު ހުޅަނގު ދާއިރާ ގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާ ފައިވާ، ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށެވެ.

ބިލަށް ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ ރާއްޖޭގައި ފުލުހުންގެ އަނިޔާވެރިކަން ގޮސްފައިވާ ހިސާބުގެ ވާހަކަތައް ދައްކާފައެވެ. އަދި ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށް މެދުވެރިވި ހަތެއް ފެބްރުއަރީ 2012 އާއި އެއާވިދިގެން އައި އަށެއް ފެބްރުއަރީ 2012 ގައި ފުލުހުންގެ ފަރާތުން ފެނިގެން ދިޔަ ގިނަ ކަންކަމުގެ ވާހަކަ މެމްބަރުން ދައްކާފައިވެއެވެ. 

your imageމަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު--

އެގޮތުން ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގެ 11 ވަނަ މާއްދާގައި ވަނީ ފުލުހުންގެ ހުވާގެ ވާހަކަކަން ފާހަގަކޮށް މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ ހުވައަކީ ބަގާވާތެއްގެ "ޒިންދާބަދަކަށް" ވެގެން ނުވާނެކަމަށެވެ.

"އަދި ފުލުހުންގެ ހުވާ ބާރަށް އަޑުހަރުކޮށްކިޔާ އެއްޖަމާއަތަކަށް ތިބެފައި ދެން ނިކުމެ ދުއްވައިގަނެގެން ގޮސް ބަނޑޭރިގެއަށް ވަދެގެނެއް ނުވާނެ. އެއީ ފުލުހުންގެ ހުވައަށް ހުރުމަތްތެރިކޮށް ނުހިތުން." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އެ ފާހަގަ ކުރެއްވި ކަންކަމަކީ އެމަނިކުފާނުގެ ވެރިކަން ވެއްޓުނު ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައި ފުލުހުން އެއްވެ ތިބެ އަމަލުކުރި ގޮތުގެ ވާހަކައެވެ. 

އޭގެ ޖެހިގެން އައި އަށެއް ފެބްރުއަރީގައި އެމްޑީޕީން ގިނަ ބަޔަކާއި އެކު މާލޭގައި ބޮޑު މުޒާހަރާއެއް ކުރިއިރު އެދުބަހު ފުލުހުންގެ އަނިޔާވެރިކަން ހުރި ގޮތުގެ ވާހަކަ އަދި އޭގެ އިތުރުންވެސް ފުލުހުންގެ އަނިޔާވެރިކަން ރާއްޖޭގައި ހުރި ގޮތުގެ ވާހަކައަށް ގިނަ މެމްބަރުން އަލި އަޅުވާލާ ވާހަކަ ދައްކަވާފައި ވެއެވެ. 

your imageމެމްބަރު އިމްތިޔާޒް ފަހުމީ--

އެގޮތުން ވާހަކަދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒްް ފަހުމީ (އިންތި) ވިދާޅުވީ ފުލުހުންގެ ކަންކަން ރަނގަޅު ކުރުމަށް ކޮންމެ ފަހަރަކު އީވާން ނަސީމެއް މަރުވަން ނުޖެހޭކަމަށެވެ. 

އަށެއް ފެބްރުއަރީ 2012 ގައި ފުލުހުން މަޖިލީހުގެ މިހާރުގެ މާފަންނު މެދު ދާއިރާގެ މެމްބަރުން އިބްރާހީމް ރަޝީދަށް ބޮޑެތި އަނިޔާތަކެއް ކުރިކަން ފާހަގަކޮށް އިންތި ވިދާޅުވީ އެކަންކަން ވެސް އަދި ވެސް ބެލިފައި ނުވާކަމަށެވެ. އަދި މެމްބަރުން އިބްރާހިމް ރަޝިދަށް އެދުވަހު ބޮޑެތި އަނިޔާތަކެއް ކުރި ކަމަކަމަށާއި ފުލުހުންނަށް ކުރެވޭ އިތުބާރު ނެތް ކަމަށް ވިދާޅުވި އެވެ. 

your imageމެމްބަރު އީވާ އަބްދުﷲ--

މީގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ފުލުހުންގެ ފަރާތުން ކުރިމަތިވާ އަނިޔާތަކަކީ އެހެން ގައުމުތަކުގައި އެކަންކަމަށް ރަސްމީ ސިފައެއްގައި މާފަށް އެދޭ ކަންކަން ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި މިވީ މުއްދަތުގެ ތެރޭގައި އެކަން އެގޮތަށް ކޮށްފައިނުވާކަން ފާހަގަ ކުރި އެވެ. 

އީވާ ވިދާޅުވީ އަށެއް ފެބްރުއަރީ 2012 ގައި ފުލުހުންގެ ރައްޔިތުންނަށް ކުރި އަނިޔާ ވީޑިއޯ ތަކުން އަދިވެސް ފެންނަން އެބަހުރި ކަމަށެވެ. އެހެން ނަމަވެސް އެ އަނިޔާއަކީ ގޯހުން ކުރި ކަމެއްކަން އެއްވެސް ފަރާތުން މިހާތަނަށް އައިއިރުވެސް ފާހަގަކޮށްފައި ނުވާކަން އީވާ ފާހަގަކުރެއްވި އެވެ. 

އީވާގެ ވާހަކައިގައި ވެސް ވަނީ މަޖިލީހުގެ މިހާރުގެ މާފަންނު މެދު ދާއިރާގެ މެމްބަރުން އިބްރާހީމް ރަޝީދަށް އަށެއް ފެބްރުއަރީގައި ފުލުހުންގެ ފަރާތުން ކުރިމަތިވި އަނިޔާގެ ވާހަކަ ދައްކަވާފައެވެ. އަދި އީވާ ވަނީ އެމައްޒަރުތައް މަޖިލީހުގެ ތަޅުމުގައި ދެއްކުމަށް އެދިފައެވެ. 

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް މަޖިލީހުގައި ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ ޕޮލިސް ރިފޯމްގެ ވާހަކައަކީ ޒާތީ ކަމެއްނޫންކަމަށެވެ.

މީކާއިލް ވިދާޅުވީ ދައްކަނީ ނިޒާމުގެ ވާހަކަ ކަމަށެވެ. ފުލުހުންގެ ރިފޯމްގެ ވާހަކަ ދެއްކޭ ކޮންމެ ފަހަރަކު ރާއްޖޭގައި ވަރަށް ރަނގަޅު ފުލުހުންވެސް އުޅޭކަމަށް ބައެއް ފަރާތްތަކުން ބުނާކަން ފާހަގަކޮށް މީކާއިލް ވިދާޅުވީ ދައްކަނީ އެފުލުހުންގެ ވާހަކަ ނޫންކަމަށާއި ދައްކަނީ ގޯސްކޮށް އަމަލުކުރާ ފުލުހުންގެ ވާހަކަ ކަމަށެވެ. މީކާއިލް ވިދާޅުވީ ފުލުހުންގެ އިސްފަޑީގައި ތިބެ އެއްވެސް ކަމެއް ކުރުވިޔަ ނުދޭ ބަޔަކު އެބަ ތިބި ކަމަށާއި އެފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް