ads
ޖުމްހުރީ ޕާޓީގެ ލީޑަރު އަދި މާމިގިނލި ދާއިރާ މެމްބަރު ގާސިމް އިބްރާހިމް---
މަޖިލީހުގެ ޖަލްސާތައް ބޮއިކަޓް ކުރަން ނިންމާފައެއް ނުވާނެ: ޖޭޕީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޮއިކަޓް ކުރަން ޖުމްހޫރީޕާޓީން ނިންމާފައި ނުވާނެކަމަށް އެޕާޓީން ބުނެފި އެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ  ޖުމްހޫރީ ޕާޓީން ޖަލްސާތައް ބޮއިކަޓް ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ރައީސް ނަޝީދު އެފަދައިން ވިދާޅުވެފައިވަނީ މިއަދުގެ ޖަލްސާ ފެށުނު އިރު ޖޭޕީއަށް ނިސްބަތްވާ މެމްބަރަކު މަޖިލީހުގެ ތަޅުމުގައި ނެތުމުން ކަމަށް ގަބޫލުކުރެވެއެވެ. 

އެކަމާއި ގުޅިގެން ޖޭޕީގެ ޗީފް ސްކޯޕްކްސްޕާސަން  އަލީ ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އެޕާޓީގެ މެމްބަރުން ބޮއިކަޓް ކުރުމަށް ނިންމާފައިނުވާނެކަމަށެވެ. އަދި މިއަދުގެ ޖަލްސާގައިވެސް ޖޭޕީގެ މެމްބަރުން ބައިވެރިވާނެ ކަމަށް ވިދާޅުވި އެވެ.

" ޖުމްހޫރީ ޕާޓީން މަޖިލީހުގެ ޖަލްސާތައް ބޮއިކަޓް ކުރާކަށް ނިންމާފައިނުވޭ. ހާލަތުގެ ގޮތުން ހުރިހާ މެމްބަރުން އެކުގައި ޖަލްސާތަކުގައި ނުފެނިދާނެ. އަދި ކޮންމެހެން ކަންކަން ނިންމުން ފަދަ މުހިންމު ޖަލްސާތަކުގައި ހުރިހާ މެމްބަރުން ހާޒިރުވާނެ. އެގޮތުން މިއަދުވެސް ކުރިއަށް އޮތް ޖަލްސާތަކުގައި ޕާޓީގެ މެމްބަރުން ޖަލްސާތަކަށް ދާނެ." އަލީ ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން  މަޖިލިސް ކުރިއަށް ގެންދިއުމުމަށް އިރުޝާދުތަކެއް ދީފައިވާއިރު އެޕާޓީގެ ހުރިހާ މެމްބަރުން އެކުގައި ޖަލްސާތަކުގައި ނުފެނިދާނެކަމަށެވެ. ނަމަވެސް ކޮންމެހެން ބާއްވަންޖެހޭ ޖަލްސާތަކުގައި ހުރިހާ މެމްބަރުންވެސް ޖަލްސާއަށް ހާޒިރުވާނެކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން  ޖުމްހޫރީ ޕާޓީ މެމްބަރުން ޖަލްސާ ބޮއިކަޓު ކުރިކަމަށް ދެކެވޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެންކަމަށް ސޯލިހު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް