ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތެރެ-- ފޮޓޯ: ވަން އޮންލައިން
މެލޭޝިއާގައި ތިބި ދިވެހިން ގެންނަން މިމަހުގެ ދެ ފްލައިޓެއް ބާއްވަނީ
ކޮވިޑް-19 ފެތުރެމުންދާތީ ގައުމުތަކުން ރާއްޖެއަށް އަންނަން ބޭނުންވާ ދިވެހިންގެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ މަސައްކަތުގެ ދަށުން މެލޭޝިއާގައި ދިރިއުޅޭ ދިވެހިން ގެނައުމަށް މި މަހުގެ ތެރޭގައި ދެ ފްލައިޓެއް ބާއްވަން ސަރުކާރުން ނިންމައިފި އެވެ.

ރޭ ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މެލޭޝިއާގައި ތިބި ދިވެހިންގެ ތެރެއިން އަނބުރާ ރާއްޖެއަށް އަންނަން ބޭނުންވާ މީހުން، ގެނައުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން މިމަހުގެ މިމަހުގެ 15 އަދި 17 ވަނަ ދުވަހު، ފްލައިޓެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެކަމަކު ތާރީހަށް ބަދަލު އައުން ވެސް އެކަށީގެންވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. 

އޭގެ އިތުރުން، ސްރީލަންކާގައި ދިރިއުޅޭ ދިވެހިން، މާދަމާ ސްރީލަންކަން އެއާލައިންގެ ފްލައިޓެއްގައި ގެނައުމަށް ނިންމާފައިވާއިރު މިމަހުގެ 12 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓެއްގައި ވެސް އެގައުމުގައި އުޅޭ މީހުން ގެނައުމަށް ނިންމާފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ. 

އެގޮތުން މަބްރޫކް ވިދާޅުވި ގޮތުގައި އެގޮތަށް ރާއްޖެ އަންނަ ފަރާތްތައް ހޯމް ކަރަންޓީންވާން ޖެހޭއިރު އެމީހުން ރާއްޖެއަށް އަންނަން ފުރުމުގެ ކުރިން ކަރަންޓީންވާ ތަނެއް ކަނޑައަޅައި އެކަން އަންގަން ޖެހެ އެވެ.

ފޮރިން މިނިސްޓްރީން އިސްވެ އޮވެ، ގައުމުތަކުން މީހުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ މިނިސްޓްރީން ބުނީ އެހެން ގައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ކޮންމެހެން ރާއްޖެ އަންނަން ބޭނުންވާ ފަރާތްތައް ވެސް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ މަސައްކަތުގައި ކޮވިޑް-19 ގެ ސަބަބުން ކަމާއި ބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލުތަކަށާއި، ހާލަތާއި ގުޅޭ ގޮތުން އުސޫލުތަކަށް އަންނަ ބަދަލުތަކަށް ރިއާޔަތް ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

އަދި ބޭރު ގައުމުތަކުން ރާއްޖެ އަންނަ ދިވެހިން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލެއްގެ މަތިން، ކަނޑައަޅާ މުއްދަތަކަށް ކަރަންޓީން ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. 

މީގެ ކުރިން ވެސް ފޮރިން މިނިސްޓްރީން ވަނީ އެކި ގައުމުތަކުގައި ދިރިއުޅެމުން އަންނަ ދިވެހިންގެ ތެރެއިން މިހާލަތުގައި އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ފަރާތްތައް ރާއްޖެއަށް ގެނެސްފަ އެވެ. އެގޮތުން ސްރީލަންކާގެ އިތުރުން މެލޭޝިއާ އާއި އިންޑިއާ އަދި ނޭޕާލުގެ އިތުރުން ބަންގްލަދޭޝް ފަދަ ގައުމުތަކުގައި އުޅޭ ދިވެހިން ވަނީ އަނބުރާ ރާއްޖެއަށް ގެނެސްފަ އެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް