ads
ސްކޫލު ދަރިވަރުންތަކެއް-- ފޮޓޯ: ކޭއޯ
ކިޔަވައިދޭން ފަށަން ތައްޔާރުވާން ސްކޫލުތަކަށް އަންގައިފި
ރާއްޖޭގެ ސްކޫލުތައް ނިއު ނޯމަލްގައި ކިޔަވައިދޭން ފަށަން ތައްޔާރުވުމަށް ސްކޫލުތަކަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއި ކުރައްވާ ރާއްޖޭގެ ސްކޫލުތަކަށް މިހާރު ސާކިއުލާއެއް ފޮނުވާފައިވާއިރު އެ ސާކިއުލާގައި ބުނެފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާއި ގުޅުން ހުރި އިދާރާތަކާއި މަޝްވަރާކުރުމަށް ފަހު، އެ ފަރާތްތަކުގެ ލަފާގެ މަތިން ސްކޫލުތައް ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. 

ސްކޫލުތަކުގެ ކިޔެވުން ފެށުމަށް ތައްޔާރުވަމުން އަންނަކަން މިނިސްޓްރީން ސްކޫލުތަކަށް އެންގިއިރު މިމަހުގެ ތެރޭގައި ވަނީ ރާއްޖޭގެ ސްކޫލުތަކުގައި  ބޭނުންކުރުމަށް 500 ޑިޖިޓަލް އައިއާރް ތާމޯމީޓަރު ހޯދުމުގެ މަސައްކަތް ވެސް ފަށާފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކޮށް ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއެކު ސްކޫލުތަކުގައި ކިޔަވައި ނުދޭތާ މިހާރު ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ލޮކްޑައުންއަށް ފުރަތަމަ ފިޔަވަހީގެ ލުއިތައް ދީފައިވާއިރު ކޭސްތައް އިތުރު ނުވާނަމަ ދެވަނަ ފިޔަވަހީގެ ލުއިތައް ދޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ހާމަކުރާ ގޮތުގައި އެންމެ އަވަހަށް ވެސް ސްކޫލުތަކުގެ ކިޔެވުން ފަށާނީ މި ޗުއްޓީއަށް ފަހެވެ. 

އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން މިދިޔަ މަހުގެ 21 ވަނަ ދުވަހު ވަނީ ފުރަތަމަ ޓާމުގެ ކިޔެވުން ނިމިފަ އެވެ. އަދި މެއި 31 އިން ފެށިގެން ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ވަނީ މިޑް ޓާމް ބްރޭކްގެ ގޮތުގައި ކަނޑައަޅާފަ އެވެ. އެހެންކަމުން ދެން އެންމެ އަވަހަށް ސްކޫލުތައް ހުޅުވުނަސް ހުޅުވޭނީ މި މަހުގެ 14 ގަ އެވެ.

ރާއްޖޭގެ ސްކޫލުތަކުގެ ކިޔެވުން ހުއްޓިފައިވާއިރު ގްރޭޑް ދިހައެއްގެ ދަރިވަރުންނަށް އެކަށީގެންވާ މިންވަރަށް ޖީސީއީ އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނަށް ތައްޔާރުވާން ވަގުތު ލިބިފައި ނުވާތީ އިމްތިހާނުތައް ވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. 

އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. 

ސޯޝަލް ކައުންސިލްގެ ލަފަޔާއެކު ނިންމި އެ ނިންމުން، ދާއިމީ ބަދަލަކަށް ހަދަން ފެނޭތޯ ކަމާގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރެވެމުން އެބަދާ ކަމަށާއި މަޝްވަރާތަކަށްފަހު އެކަޑަމިކް ކަލަންޑަރަށް ގެނެވޭ ބަދަލުތައް ލަސް ނުވެ އިއުލާނުކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

މިއަހަރުގެ އޯލެވެލް އިމްތިހާނު ވެސް އަންނަ އަހަރަށް ފަސްކޮށްފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިހާރު ގްރޭޑް ދިހައެއްގައި ކިޔަވަމުން އަންނަ ދަރިވަރުން އަންނަ އަހަރުގެ މެއި ޖޫން އިމްތިހާނުތައް ނިމެންދެން އެ ދަރިވަރަކު މިހާރު ކިޔަވަމުންދާ ސްކޫލެއްގެ ދަރިވަރެއްގެ ގޮތުގައި ދެމިތިބޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް