ads
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
އައްޑޫ އެއާޕޯޓް މިސަރުކާރުން ތަރައްގީކުރާނެ: ފައްޔާޒު
އައްޑޫ ސިޓީ ގަމުގައި ހުރި އެއާޕޯޓް މި ސަރުކާރުން ތަރައްގީ ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ގަމުގައި ހުރި އެއާޕޯޓް މި ސަރުކާރުން ތަރައްގީކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އައްޑޫ ސިޓީގެ މަގު ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރަން ބޭއްވި ރަސްމިއްުޔާތުގަ އެވެ.

މިނިސްޓަރު ވިދާޅުވީ އައްޑޫއަށް އެންމެ ފަހުން ކުރި ދަތުރުގައި ވެސް އައްޑޫ އެއާޕޯޓާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތަކެއް ފާހަގަކުރެވުނު ކަމަށެވެ. އަދި މުޅި އައްޑޫގެ އިގްތިސޯދު ބިނާވެގެން ވަނީ އައްޑޫ އެއާޕޯޓަށް ކަމުން އެތަން މި ސަރުކާރުން ތަރައްގީ ކުރާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ވަރަށް ރޭވުންތެރިކަމާއެކު އެކަންކަން ކުރެވެމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އައްޑޫ އެއާޕޯޓަށް ބޭނުންވާ އިންފްރާސްޓްރަކްޗާގެ މަސައްކަތް ކުރިއަށް ގެންދަމުން އަންނަ ކަމަށާއި އެގޮތުން ފައިސާ ހޯދުމުގެ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މިވަގުތު ވިސްނުން ހުރީ އިންޓަނޭޝަނަލް ފްލައިޓުތައް އެއްވެސް ހުރަހެއް ނެތި އައްޑޫ އެއާޕޯޓަށް ޖެއްސޭނެ މަގު ތަނަވަސްކުރުމަށް ފަހު ޓޫރިޒަމް ފުޅާވަމުން އަންނަ ވަރަކަށް ބަލައި އެތަނަަށް ތަރައްގީ ގެނައުމަށް ކަމަށެވެ.

ރާއްޖޭގައި ދެވަނައަށް އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއާޕޯޓަކީ އައްޑޫ އެއާޕޯޓެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައިވާ ނޮވެމްބަރު މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް 1046 މީހުން އައިސްފައިވެ އެވެ. އަދި 1519 މީހުން އެ އެއާޕޯޓު މެދުވެރިކޮށް ރާއްޖެއިން ފުރާފައިވެ އެވެ. އެގޮތުން އެ އެއާޕޯޓު މެދުވެރިކޮށް 689 ޓޫރިސްޓުން އައިސްފައިވެ އެވެ.

އެއްވަނައިގައި އޮތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ރާއްޖެއަށް 164،361 މީހުން އައިސްފައިވާއިރު 169،170 މީހުން ފުރާފައިވެ އެވެ.

އުތުރުގައި އޮންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް އައިސްފައިވަނީ 491 މީހުންނެވެ. އަދި އެއާޕޯޓު މެދުވެރިކޮށް 978 މީހުން ފުރާފައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް