ads
ސީޕީ ހަމީދު -- ފޮޓޯ / ސަން
މަޖިލީހަށް ހުށައެޅިގެން ދިޔަ ބިލުން ފުލުހުންގެ ހިދުމަތްތަކަށް ބަދަލުގެނައުމަށް ހުރި ޝައުގު ފެނޭ
މަޖިލީހަށް ހުށައެޅިގެން ދިޔަ ފުލުހުންގެ ބިލުން ފުލުހުންގެ ހިދުމަތްތަކަށް ބަދަލުގެނައުމަށް ހުރި ޝައުގު ފެނިގެންދާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސިޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަލުން ކަނޑައަޅައި، ފުލުހުން ޖަވާބުދާރީކުރެވޭ ނިޒާމު އިސްލާހުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުނު ބިލު ހެދުމަށް ފުލުހުން ދިން އެއްބާރުލުމުން އެނގިގެން ދަނީ ފުލުހުންގެ ހިދުމަތްތައް ޒަމާނީ ކޮށް ޑިމޮކްރަޓައިޒް ކުރުމަށް ހުރި އަހަންމިއްޔަތު ކަން ކަމަށެވެ. 

ކޮމިޝަނަރު އިތުރަށް ވިދާޅުވެފައި ވަނީ މިއީ ރާއްޖޭގެ ފުލުހުންގެ ހިދުމަތް ރިފޯމް ކުރުމާއި ފުލުހުން ޖަވާބުދާރީކުރެވޭ ނިޒާމު އިސްލާހުކުރުމަށް ބަހުސް ކުރުމަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށެވެ. 

ބިލަށް ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ ރާއްޖޭގައި ފުލުހުންގެ އަނިޔާވެރިކަން ގޮސްފައިވާ ހިސާބުގެ ވާހަކަތައް ދައްކާފައެވެ. 

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ފުލުހުންގެ ފަރާތުން ކުރިމަތިވާ އަނިޔާތަކަކީ އެހެން ގައުމުތަކުގައި އެކަންކަމަށް ރަސްމީ ސިފައެއްގައި މާފަށް އެދޭ ކަންކަން ކަމަށާއި އެހެން ނަމަވެސް ރާއްޖޭގައި މިވީ މުއްދަތުގެ ތެރޭގައި އެކަން އެގޮތަށް ކޮށްފައިނުވާކަމަށެވެ.

އޭގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ޕޮލިސް ރިފޯމްގެ ވާހަކައަކީ ޒާތީ ކަމެއްނޫންކަމަށް ވިދާޅުވެ އެއީ ނިޒާމުގެ ވާހަކައެއް ކަމަށް ވިދާޅުވެފަ އެވެ. ފުލުހުންގެ ރިފޯމްގެ ވާހަކަ ދެއްކޭ ކޮންމެ ފަހަރަކު ރާއްޖޭގައި ވަރަށް ރަނގަޅު ފުލުހުންވެސް އުޅޭކަމަށް ބައެއް ފަރާތްތަކުން ބުނާކަން ފާހަގަކޮށް މީކާއިލް ވިދާޅުވެފައި ވަނީ ދައްކަނީ އެފުލުހުންގެ ވާހަކަ ނޫންކަމަށާއި ދައްކަނީ ގޯސްކޮށް އަމަލުކުރާ ފުލުހުންގެ ވާހަކަ ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް