ads
މަބްރޫކް އަޒީޒް/ ފޮޓޯ: ހެލްތް މިނިސްޓްރީ
ޑޮކްޓަރުންނަށް އެލަވެންސް ލިބޭ ނަމަ ނަރުހުންނަށް ވެސް އެލަވެންސް ލިބެން ޖެހޭނެ
އައިޖީއެމްއެޗްގައި އެއްތަނެއްގައި މަސައްކަތްކުރާ ޑޮކްޓަރަކަށް އެލަވަންސް ލިބޭކަމުގައި ވާނަމަ އެތަނެއްގައި މަސައްކަތް ކުރާ ނަރުހަކަށްވެސް އެލަވެންސް ލިބެންޖެހޭނެ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ.

މިރޭގެ ނޫސްވރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވެފައި ވަނީ އެއް ވޯޑެއްގައި މަސައްކަތްކުރާ ޑޮކްޓަރަކާއި ނަރުހަކާ ތަފާތެއް ނުގެންގުޅޭނެ ކަމަށާއި ގެންގުޅެގެން ނުވެސް ވާނެ ކަމަށެވެ.

މަބްރޫކް ވަނީ މުއައްސަސާ ތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތިން ކެޓަގަރީއަކަށް ބަހައި ތިން އަދަދެއްގެ އެލަވަންސް ސްޓާފުންނަށް ދިނުމަށް ފިނޭންސް މިނިސްޓްރީ އިން ހަމަޖައްސާފައި ވާކަން ފާހަގަކުރައްވަފަ އެވެ. އަދި މުއްސަސާތަކަށް އެ މުއައްސަސާގެ ފަރާތުން ފްރަންޓްލައިންގައި މަސައްކަތް ކުުރާ ސްޓާފުން ކެޓަގަރީ ތަކަށް ބެހުމަށް ފަހު ފިނޭންސް މިނިސްޓްރީ އާއި ހިއްސާ ކުރުމަށް އެ މިނިސްޓްރީ އިން އެދިފައި ވާނެ ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ. 

އެހެން ނަމަވެސް މަބްރޫކް ވަނީ އައިޖީއެމް ހޮސްޕިޓަލުން އެތަނުގެ ސްޓާފުންނާއި މެދު އަމަލުކުރާ އުސޫލުތައް އެ ހޮސްޕިޓަލުން ސާފުކޮށްދޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް