ads
ލަންކާ، ކޮލޮމްބޯ
މާދަމާ ރާއްޖެ އިން ސްރީލަންކާ އަށް 2 ދަތުރު ކުރާނެ
މާދަމާ ރާއްޖެ އިން ސްރީލަންކާ އަށް ދަތުރުތަކެއް ކުރަން ހަމަޖެހިފައި ވާކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝްން ސެންޓަރުން ބުނެފި އެވެ.

އެންއީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، މާދަމާ ހެނދުނު އަދި މާދަމާ ރޭ ރާއްޖެ އިން ލަންކާ އަށް ދެ ފްލައިޓެއް ދަތުރުކުރާނެ ކަމަށެވެ. 

އެގޮތުން މާދަމާގެ ހެނދުނުގެ ފްލައިޓުގަިއ ރާއްޖެ އިން ލަންކާ އަށް ދާނީ ލަންކާ އަށް ނިސްބަތްވާ 15 މީހުން ކަމަށާއި މާދަމާ ރޭގެ ފްލައިޓްގައި 283 މީހުން ކަމަށެވެ.

މާދަމާ ހެނދުނު ލަންކާ ގައި ތިބި ރާއްޖޭގެ މީހުން ގޮވައިގެން ސްރީލަންކަން އެއާލައިންގެ ފްލައިޓެއް އަންނާނެ އެވެ. އެފްލައިޓް ގައި 262 މީހުން ރާއްޖެ އައުމަށް ހަމަޖެހިފައި ވާކަމަށާއި އޭގެ ތެރެއިން 153 މީހުން ހޯމް ކަރަންޓީނަށް ދިއުމަށް އެދިފައި ވާކަމަށް ވެސް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން ފޮރިން މިނިސްޓްރީ އިން އަނބުރާ ރާއްޖެ އައުމަށް ބޭނުންވާ ދިވެހިންގެ ތެރެއިން ރާއްޖެ ގެނައުމުގައި އިސްކަންދީފައި ވާނީ އާސަންދަ މެދުވެރިކޮށް ބޭސް ކުރުމަށް ލަންކާ އަށް ދިޔަ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ޓޫރިސްޓު ވިސާ ގައި ދަތުރުކޮށް މާލީ އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންގެ އިތުރުން ލޮކްޑައުން އާއި ގުޅިގެން ފްލައިޓް ކެންސަލްވި މީހުން އަދި އެހެން ސަބަބު ތަކަށް ޓަކައި ވެސް ޓޫރިސްޓު ވިސާ ގައި ދަތުރުކޮށް އަނބުރާ ރާއްޖެ ނާދެވި ތިބި މީހުންނަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް