ads
ފިރިހެނަކު އަންހެނަކަށް ހަމަލާދީ މާރާމާރި ހިންގައިފި
ނ. މާޅެންދޫގައި ފިިރިހެނަކު އަންހެނަކަށް ހަމަލާދީ މާރާމާރި ހިންގައިފި އެވެ.

ފުލުހުން ބުނީ ޖޫން ނުވަ ވަނަ ދުވަހުގެ ހެނދުނު އެރަށު ގެ އެއްގެ ވަލުފަރާތު ގަސްތަކު ތެރޭގައި 39 އަހަރުގެ އަންހެނަކު ހުއްޓާ، 50 އަހަރުގެ ފިރިހެނަކު އެތަނަށް ގޮސް އެ އަންހެން މީހާއަށް ހަމަލާދީ މާރާމާރިއެއް ހިންގައިފައިވާ ކަމުގެ ރިޕޯޓެއް އެ އިދާރާއަށް ލިބިފައި ވާކަމަށެވެ. 

މި މާރާމާރި ހިންގާފައި ވަނީ ނުވަ ވަނަ ދުވަހުގެ ހެނދުނު 06:45 ގައި ކަމަށް ފުލުހުން ބުނެ އެވެ. އަދި ހަމަ އެދުވަހު 18:05 ގައި މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައި ވާކަމަށް ވެސް ފުލުހުން ބުނެ އެވެ. 

ފުލުހުން ބުނީ އެ ނ. މަނަދޫ ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް