ads
އެރިއާނާއާއި ރިހާނާ
ރިހާނާއާއި އެރިޔާނާގެ އިތުރުން މަޝްހޫރު އެތައް ލަވަ ކިޔުންތެރިންތަކެއް ކަޅު ނަސްލުގެ ހިމާޔަތުގައި ނިކުމެއްޖެ
ދުނިޔޭގެ ލަވަކިޔުމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ ގިނަ ތަރިންތަކެއް ކަޅު ނަސްލުގެ ހިމާޔަތުގައި ނިކުމެއްޖެއެވެ.

ދުނިޔޭގެ ލަވަކިޔުމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ ގިނަ ތަރިންތަކެއް ކަޅު ނަސްލުގެ ހިމާޔަތުގައި ނިކުމެއްޖެއެވެ.

މިގޮތުން ދުނިޔޭގެ ގިނަ ބަޔަކަށް އާންމު ނަންތަކެއް ކަމުގައިވާ އެރިއާނާ ގްރޭންޑްއާއި، ރިހާނާއާއި، ޖަސްޓިން ބީބާއާއި ޕޯސްޓް މެލޯންގެ އިތުރުން ޖޯނަސް ބްރަދާސް އާއި ބިލެއިލިޝް ވަނީ ދާދިފަހުން ކަޅު ނަސްލުގެ ހިމާޔަތުގައި ނިއުޔޯކްގެ ސަރުކާރަށް ޕެޓިޝަނެއް ހުށަހަޅައިފައެވެ.

މި ޕެޓިޝަނަކީ ހެދިފައިވާ ގާނޫނުތައް ތަންފީޒު ކުރުމުގައި ތިބޭ ފުލުހުންގެ ތެރެއިން ފުލުސް އޮފިސަރަކު ނަސްލީ ތަފާތު ކުރުންތައް އިސްކޮށް އެމެރިކާގައި ޖޯޖް ފްލޮއިޑް މަރާލި މައްސަލައާއި ގުޅިގެން، ނިއުޔޯކްގައި ކުރަމުންދާ މުޒާހަރާއަށް ޖާގަ ދިނުމަށް ގޮވާލާ އެ ސިޓީގެ ގަވަނަރ، އެންޑްރޫ ކޫމޯ އަށް ފޮނުވާފައިވާ ސިޓީއެކެވެ.

ނަސްލީ ތަފާތު ކުރުންތައް ބޮޑުވެ، މިހާރު ކުރެވެމުންދާ މުޒާހަރާތަކާއި ގުޅިގެން ނިއުޔޯކް ސިޓީގެ ޕޮލިހުުން އެކަން ހުއްޓުވަން މަސައްކަތް ނުކުރަނީ، ޒަމާނުއްސުރެ ނިއުޔޯކު ސިޓީގެ ފުލުހުން ނަސްލީ ތަފާތުކުރުންތައް އިސްކޮށް ނުހައްގުން އެކި މީހުންނަށް އަނިޔާ ކޮށްފައިވާތީ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. އަދި މި މައްސަލަތައް ބަލާ ވައުދާއި އަހުދާއި ހުވާކޮށްގެން ގާނޫނުތައް ތަންފީޒު ކުރުމަށް ތިބޭ މި ފުލުސް އޮފިސަރުންނާއި މެދު ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށް ގޮވާލައިފައިވެއެވެ.

"ގާނޫނުތައް ތަންފީޒުކޮށް ސުލްހަ މަސަލަސްކަން ގާއިމްކޮށް ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރެވޭނީ އެކަންކަން ތަންފީޒު ކުރަން ތިބޭ ފުލުހުން ގާނޫނުގެ ތެރެއަށް ގެނެސްގެން. އެމީހުންނާއި މެދު ވަގުތުން ވަގުތަށް ފިޔަވަޅު އެޅި، ހަރުދަނާ ކަމާއި އެކު އެކަންތައް މޮނިޓަރ ކުރެވިގެން." އެސިޓީގައި ފާހަގަކޮށްފައިވެއެވެ.

މި އެއްވުންތަކާއި މުޒާހަރާތައް ހުއްޓުވަން ބޭޏުންނަމަ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށްވެސް އެސިޓީގައި ބުނެފައިވެއެވެ. އަދި މިއީ މިކަންތައްތައް ހަމައަކަށް އެޅުމަށް އެންމެ ރަނގަޅު ވަގުތު ކަމުގައިވެސް އެސިޓީގައި ބަޔާންކޮށްފައިވެއެވެ.

ނިއުޔޯކްއާއި އެމެރިކާގެ އިތުރުން ދުނިޔޭގެ ބޮޑެތި އެހެން ސިޓީތަކުގައި ވެސް ވަނީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް މުޒާހަރާތައް ފަށައިފަ އެވެ. ކޮރޯނާވައިރަސް ފެތުރިދާނެކަމުގެ ބިރަށް ގިނަ މީހުން އެއްތަނަކަށް ޖަމާނުވުމަށް އިންޒާރު ދިން ނަމަވެސް އިނގިރޭސި ވިލާތުގައި ވަނީ މެދުތެރޭ ލަންޑަނުގައި ޕާލަމެންޓް ސަރަހައްދަށް އެތައް ބަޔަކު އެއްވެ މުޒާހަރާކޮށްފައެވެ. އޮސްޓްރޭލިއާގައި ވަނީ ސިޑްނީ، މެލްބަން އަދި ބްރިސްބޭންގައި މުޒާހަރާކޮށްފަ އެވެ. ފްރާންސް، ޖަރުމަން އަދި ސްޕޭނުގައި ވެސް ވަނީ ބޮޑެތި މުޒާހަރާތައް ބާއްވައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް