ads
ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ-- ފޮޓޯ: މިނިސްޓްރީ
ހައުސިން މިނިސްޓަރު އިސްތިއުފާ ހުށަހަޅުއްވައިފި
ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ، މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވައިފި އެވެ.

އެނިފައިވާ ގޮތުގައި މަގާމުން އިސްތިއުފާ ދެއްވުމަށް މިނިސްޓަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވާފައި ވަނީ މީގެ ދެ ދުވަހެއް ކުރިންނެވެ. އެގޮތުން އިސްތިއުފާ ދެއްވުމަށް ހުށަހަަޅުއްވާފައި މިވަނީ މިވަގުތު ބަލި ހާލަތު ހުރިގޮތުން ކަމަށް ވިދާޅުވެ އެވެ.

މިނިސްޓަރު އިސްތިއުފާ ދެއްވިއިރު ބޯހިޔާވަހިކަމުގެ މައްސަލަ މިނިސްޓަރު އާތިފާއަށް ހައްލުކޮށް ނުދެވޭނެ ކަމަށް ބުނެ ގިނަ ބަޔަކު ދިޔައީ މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ މެމްބަރުން ވެސް ހިމެނެ އެވެ.  

އޭގެ އިތުރުން މިމަހުގެ އަށް ވަނަ ދުވަހު މިނިސްޓަރު އާތިފާ މަގާމުން ވަކިކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މައްޗަންގޮޅި މެދު ދާއިރާގެ، އެމްޑީޕީގެ ރައީސްކަން ކުރައްވާ އިބްރާހިމް ރަމީޒު ވަނީ ސިޓީއެއް ފޮނުވާފަ އެވެ.

އެ ސިޓީގައި ވަނީ ބޯހިޔާވަހިކަމުގެ ވައުދަކީ މި ސަރުކާރުން ރައްޔިތުންނަށްވި އެންމެ ބޮޑު އެއް ވައުދު ކަމަށާއި އަދި ރައްޔިތުން މި ސަރުކާރަށް ވޯޓު ދިން ސަބަބަކީ ވެސް އެއީ ކަމަށެވެ. 

އަދި މާލޭގެ ރައްޔިތުންނަށް ގޯތި ދޭނެ ކަމަށްވި ވައުދު ފުއްދުމަށް މަސައްކަތްކުރާ ތަންވެސް ނުފެންނަ ކަމަށް އެ ސިޓީގައި ފާހަގަކުރެ އެވެ.

އޭގެ އިތުރުން ވަނީ ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތައް ވެސް ހައްގުވެރިންނަށް ހަވާލުކުރަން އެންމެ އެކަށީގެންވާ ގޮތެއްގައި މަަސައްކަތް ނުކުރާ ކަމަށާއި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭން ވިވައުދުތައް ފުއްދައިދިނުމަށް މިނިސްޓަރު ނުކުޅެދިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް