ads
ޖޭއެސްސީ --
ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މަގާމުން ސަސްޕެންޑްކޮށްފި
ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ސަސްޕެންޑުކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ފާޅުގައި ރިޝްވަތު ނަގާކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދިޔަ ޕޯސްޓްތަކަކާއި ގުޅޭ މައްސަލައަކާއި، ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި، އެ ނޫންވެސް މައްސަލަތަކެއް އިސް މެޖިސްޓްރޭޓް މައުސޫމްއާ ގުޅޭގޮތުން އެ ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އެނާ ސަސްޕެންޑްކޮށްފައި ވަނީ ތަހްގީގު މިވަގުތު ކުރިއަށް ގޮސްފައިވާ ހިސާބަށް ރިއާޔަތްކޮށް، ތަހްގީގް ކޮމިޓީން އެ މައްސަލައިގެ ތަހްގީގު ފުރިހަމަކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެންނެވެ.

ޖޭއެސްސީން ބުނި ގޮތުގައި އެ ގޮތަށް އަންގާފައި ވަނީ އެ ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ތ) އަދި (ލ) ގެ ދަށުންނެވެ. 

ޖޭއެސްސީން އޭނާއަށް އަންގާފައި ވަނީ ވަޒީފާއަށް ނުނިކުމެ 60 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް މަޑުކުރުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް