ads
ކަރީނާ އާއި ތައިމޫރު
ތައިމޫރު އުފަން ދުވަހު އޭނާ ދެ ކޭކު ބޭނުންވޭ: ކަރީނާ
ބޮލީވުޑުގެ ކުޅަދާނަ އެކްޓަރު ސައިފް އަލީ ހާން އާއި އޭނާގެ އަންހެނުން އަދި އެކްޓަރެސް ކަރީނާ ކަޕޫރު ހާންގެ ދަރިފުޅު ތައިމޫރު އަލީ ހާންގެ އުފަންދުވަހު ދެ ކޭކު ބޭނުންވާ ކަމަށް ކަރީނާ ބުނެފިއެވެ.
ބޮލީވުޑުގެ ކުޅަދާނަ އެކްޓަރު ސައިފް އަލީ ހާން އާއި އޭނާގެ އަންހެނުން އަދި އެކްޓަރެސް ކަރީނާ ކަޕޫރު ހާންގެ ދަރިފުޅު ތައިމޫރު އަލީ ހާންގެ އުފަން ދުވަހަށް ދެ ކޭކު ބޭނުންވާ ކަމަށް ކަރީނާ ބުނެފިއެވެ.

ކަރީނާ އޭނާގެ ކުރިއަށް އޮތް ފިލްމު "ގުޑް ނިއުސް" ޕްރޮމޯޓު ކުރުމުގައި އަވަދިނެތި އުޅެމުންދާއިރު ދާދި ފަހުން އޭނާ ވަނީ އޭނާގެ ދަރިފުޅުގެ ތިން ވަނަ އުފަންދުވަހު ރާވާފައި ހުރި ކަންތައްތަކުގެ ވާހަކަ ދައްކާފައެވެ.

އިވެންޓެއްގައި ވާހަކަ ދައްކަމުން ކަރީނާ ބުނީ ތައިމޫރުގެ އުފަން ދުވަސް މިއަހަރު ފާހަގަ ކުރަނީ މުމްބާއީގައި ކަމަށެވެ. އެގޮތުން ތައިމޫރުގެ އުފަން ދުވަސް ފާހަގަ ކުރުމަށް އޭނާގެ ރަހުމަތްތެރިންނާއެކު ކުޑަ ހަފްލާއެއް ބާއްވާނެ ކަމަށް ވެސް ކަރީނާ ވަނީ ބުނެފައެވެ.

ކަރީނާ ގޮތުގައި ތައިމޫރު ބޭނުންވަނީ ދެ ކޭކެއެވެ. އެގޮތުން އެއް ކޭކު އޭނާ ބޭނުންވަނީ ހަލްކް އަދި އަނެއް ކޭކު ބޭނުންވަނީ ސެންޓާ ގޮތަށް ކަމަށް ތައިމޫރު ބުނެފައިވާ ކަމަށް ކަރީނާ ވަނީ ބުނެފައެވެ.

މިމަހު 27 ގައި ތައިމޫރަށް ތިން އަހަރު ފުރޭއިރު ތައިމޫރުގެ ފުރަތަމަ އުފަން ދުވަސް ފާހަގަކޮށްފައިވަނީ ސައުތު އެފްރިކާގައެވެ. އަދި މިދިޔަ އަހަރު އެމީހުން އުފަން ދުވަސް ފާހަގަ ކޮށްފައިވަނީ ކޭޕް ޓައުން ގައެވެ.

ތައިމޫރު ވިހޭއްސުރެ އެކުއްޖާއަށް އޮންނަ ތަރުހީބު ވެސް ބޮޑެވެ. ޕަޕަރާޒީން އެކުއްޖާ ސްކޫލަށްދާ ވަގުތުން ފެށިގެން ގޭދޮށުގައި ކުޅެން އުޅޭ ވަގުތުތަކުގައި ވެސް ފަހަތުން ދުވެ އެވެ. މިހެންވެ ސައިފް އާއި އޭނާގެ އާއިލާއިން ތައިމޫރަށް އާދައިގެ ދިރިއުޅުމެއް ހޯދައިދޭން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވަނީ ނުވެފަ އެވެ.

ތައިމޫރަށް އޮންނަ ސަމާލުކަމާއެކު އެކުއްޖާއަށް ނުރައްކަލެއް އޮވެދާނެތީ އާއިލާއިން އިންތިހާއަށް ކަންބޮޑުވެ އެވެ. ސައިފް ވަނީ މީގެ ކުރިން ވެސް އެތަށް ފަހަރެއްގެ މަތިން ޕަޕަރާޒީން އެވަރަށް ތައިމޫރުގެ ފަހަތުން ނުދުވުމަށް ވެސް އެދިފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް