ads
ސްޓެލްކޯ-- ފޮޓޯ: އަވަސް
އަނެއްކާ ވެސް ގޭގެއަށް ރީޑިން ނަގަން ދާން ފަށަނީ
ސަރުކާރުން ލޮކްޑައުންއަށް ދޭން ނިންމާފައިވާ ލުއިތަކާއެކު މި މަހުގެ ބިލް ހެދުމަށްޓަކައި ކުރިންވެސް އަމަލު ކުރަމުން އައިސްފައިވާ ގޮތަށް ގޭގެއަށް ގޮސް މީޓަރުތަކުގެ ރީޑިން ނަގަން ސްޓެލްކޯ އިން ނިންމައިފި އެވެ.

ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ ލޮކްޑައުންގެ ސަބަބުން އެ ކުންފުނީގެ ކަސްޓަމަރުންނާއި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ފާއިތުވި ދެ މަހު ވެސް ބިލު ހަދަމުން އައިސްފައިވަނީ އެ ކުންފުނީގެ ވެބްޕޯޓަލް މެދުވެރިކޮށް ލިބެމުން އައި މީޓަރުގެ ފޮޓޯތަކަށް ކަމަށެވެ. 

އެކަމަކު، ވެބް ޕޯޓަލް މެދުވެރިކޮށް މީޓަރުގެ ފޮޓޯ ފޮނުވުމުގައި ކަސްޓަމަރުންނަށް ދަތިތަކެއް ހުރިކަން ފާހަގަކުރެވިފައި ކަމަށާއި އެގޮތުން ދެ މަހު ވެސް ގިނަ މީޓަރުތަކެއްގެ ފޮޓޯ ނުލިބި ހުރުމުން ފޮޓޯ ނުލިބޭ މީޓަރުތަކަށް ބިލު ހަދާފައި ވަނީ ފާއިތުވި މަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރަށް ބަލައި އެވްރެޖްކޮށް ކަމަށް ވެސް ސްޓެލްކޯ އިން ބުނެ އެވެ.

ސްޓެލްކޯ އިން އިތުރަށް ބުނީ މިމަހުން ފެށިގެން ގޭގެއަށް ގޮސް ރީޑިން ނަގާނެ ކަމަށާއި އެގޮތުގެ މަތިން މިއަދުން ފެށިގެން އެ ކުންފުނީގެ މުވައްޒަފުން ގޭގެއަށް ގޮސް ރީޑިން ނަގަމުންގެން ދާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ ލޮކްޑައުންއަށް ލުއިދީފައިވީ ނަމަވެސް އެ ކުންފުނީގެ ކަސްޓަމަރުންނާއި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް، ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭތީ، މިހާލަތާ ގުޅިގެން ވަދެނުކުމެވުމުގައި ދަތި ތަންތަނަށް ބިލް ހަދަމުންދާނީ ކުންފުނީގެ ވެބްޕޯޓަލް މެދުވެރިކޮށް ލިބޭ ފޮޓޯއަށް ކަމަށެވެ.

އަދި ފޮޓޯ ނުލިބޭ ތަންތަނަށް ކުރީގެ މަސްތަކުގެ އެވްރެޖަށް ބިލް ހަދަމުން ގެންދާއިރު ފޮޓޯ ފޮނުވަން ޖެހޭ ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް އެކަން އަންގަމުން ގެންދާނެ ކަމަށް ވެސް ބުނެ އެވެ. 

ރީޑިން ނަގަން ފެށުމާއެކު، ކުރިން ވެސް އިއުލާންކޮށްފައިވާ ގޮތަށް އެވްރެޖް ބިލް ފޮނުވާފައިވާ ކަސްޓަމަރުންގެ ބިލްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ވެސް ސްޓެލްކޯ އިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް