ads
ބަޝުންދުރާ ކިންގްސްގެ ކެޕްޓަން، ޑެނިއަލް ކޮލިންޑްރެސް
ބަޝަންދުރާ ކިންގްސްގެ ކެޕްޓަންގެ ކޮންޓްރެކްޓް ހަމަވެއްޖެ
ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްގެ ކެޕްޓަން، ކޮސްޓާ ރީކާ ގައުމީ ޓީމުގެ ފޯވާޑް ޑެނިއަލް ކޮލިންޑްރެސްގެ ކޮންޓްރެކްޓް ހަމަވެއްޖެއެވެ. ޑެނިއަލްގެ ކޮންޓްރެކްޓް ހަމަވެ، އޭނާވަނީ އެހެން ޓީމަކަށް ދާން ނިންމާފައެވެ.

އޭއެފްސީ ކަޕުގައި ރާއްޖޭގެ މާޒިޔާއާ ޓީސީއާ އެއް ގްރޫޕެއްގައި ހިމެނޭ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްގެ ކެޕްޓަން، ޑެނިއަލް ކޮލިންޑްރެސްވަނީ އެ ޓީމާއި އެކު ހޭދަކުރި ދެ އަހަރުގެ ތެރޭގައި ބަންގްލަދޭޝްގެ ޓޮޕް ޑިވިޝަން ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މާރިޗު މަހު، އޭނާވަނީ އޭއެފްސީ ކަޕުގައި ޓީސީ ކޮޅަށް ގޯލް ޖެހުމުގެ އިތުރުން އެ މެޗުގައިވެސް ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. ޓީސީ އަތުން ޑެނިއަލްގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު ބަޝަންދުރާ ކިންސްގް މޮޅުވީ ފަސް ލަނޑު އެއް ލަނޑުންނެވެ. އެއީ ބަޝަންދުރާ ކިންގްސްއަށް އޭނާ ކުޅުނު އެންމެ ފަހު މެޗުވެސް މެއެވެ.

އުމުރުން ތިރީސް ފަސް އަހަރުގެ ޑެނިއަލްއަކީ، ދެހާސް އަށްވަނަ އަހަރު ރަޝިޔާގައި އޮތް ފީފާ ވޯލްޑްކަޕުގައި ކުޅުނު ކުޅުންތެރިއެކެވެ. ކޮސްޓާ ރީކާގެ ގައުމީ ޓީމަށް ސަތާރަ މެޗު ކުޅެފައިވާ ޑެނިއަލް ބަޝަންދުރާ ކިންސްގްއާ ގުޅުމުގެ ކުޅެފައިވަނީ އަމިއްލަ ގައުމުގެ ކްލަބުތަކަށެވެ. އޭނާވަނީ ބަޝަންދުރާ ކިންގްސްއަށް ދެ އަހަރުގެ ތެރޭގައި އެއް ތިރީސް މެޗު ކުޅެ ސޯޅަ ގޯލް ޖަހާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް