ads
ނ. މާފަރު އެއާޕޯޓް-- ފޮޓޯ: ޕީއެސްއެމް
މާފަރު އެއާޕޯޓުގެ މަސައްކަތަށް ޕްރީކޮލިފިކޭޝަން ހުށަހަޅަން ހުޅުވާލައިފި
ނ. މާފަރު އެއާޕޯޓުގެ ރަންވޭ އެކްސްޓެންޝަންގެ މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތައް ޕްރީކޮލިފިކޭޝަން ހުށަހެޅުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޕްރީ ކޮލިފިކޭޝަން އެޕްލިކޭޝަން ހުޅުވުން އޮންނާނީ އަންނަ މަހުގެ ނުވަ ވަނަ ޖުލައި ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ. 

އެ ގަޑިއަށް ހުށަނާޅާ އެޕްލިކޭޝަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށާއި އެޕްލިކޭޝަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރުމަށް ފަހު ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ހުޅުވަން ކަނޑައަޅާފައިވާ ތާރީހާއި ވަގުތުގެ އިތުރުން ހުށަހަޅާ ފަރާތުގެ ނަން ލިޔުމަށް ފަހު ކަމަށް މިނިސްޓްރީން ބުނެ އެވެ. 

މިނިސްޓްރީން އިތުރަށް ބުނީ މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން އެ މިނިސްޓްރީން ކުރިއަށް ގެންދާ ބީލަންތަކުގައި ބައިވެރިވެވޭނީ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް އެކަންޏަށް ކަމަށެވެ.

އަދި ބުނީ ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާ ނުވަތަ 32 ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. އެ ފައިސާ ބަލައިގަންނާނީ ޖުލައި މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރިކޮށެވެ. 

އެ މަސައްކަތާއި ބެހޭ ހުރިހާ ލިޔެކިޔުންތައް ސޮފްޓް ކޮޕީ ފޯމެޓުގައި އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށާއި އެ ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް ވެސް ބުނެ އެވެ.

އެކަމާއި ގުޅޭ އިތުރު މައުލޫމާތެއް ހޯދަން ބޭނުންނަމަ މިމަހުގެ 25 ގެ ކުރިން އެކަމެއް ސާފުކުރުމަށް މެއިލްކުރުމަށް ވެސް ވަނީ އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް