ads
އައިޝްވާރިޔާ
މެދު އުމުރުގައި ވެސް އައިޝްވާރިޔާ ނިކަން ރީތި؟ ސިއްރު މިއޮތީ!
މީގެ 25 އަހަރު ކުރިން ވިސް ވޯލްޑްގެ ތާޖު އުފުލާލި ބަތަލާ އައިޝްވާރިޔާ ރާއީގެ އުމުރުން މިހާރު 46 އަހަރެވެ. އެކަމަކު އެ ރީތި ކަމަކަށް ބަދަލެއް ނާދެ އެވެ. ޒަވާޖީ ހަޔާތެއް ފަށައި ދަރިއަކު ލިބުމުން އާންމު ގޮތެއްގައި މީހުންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައި ނަމަވެސް އެކަން ވިޔަކަ އައިޝްވާރިޔާ ނުދެ އެވެ. މިއީ މިހާރު އެ އުމުރުގައި ވެސް ރީއްޗަށް ހުރުމަށް އައިޝްވާރިޔާ ކުރާ ކަންތައްތަކެވެ.
މީގެ 25 އަހަރު ކުރިން މިސް ވޯލްޑްގެ ތާޖު އުފުލާލި ބަތަލާ އައިޝްވާރިޔާ ރާއީގެ އުމުރުން މިހާރު 46 އަހަރެވެ. އެކަމަކު އެ ރީތި ކަމަކަށް ބަދަލެއް ނާދެ އެވެ. ޒަވާޖީ ހަޔާތެއް ފަށައި ދަރިއަކު ލިބުމުން އާންމު ގޮތެއްގައި މީހުންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައި ނަމަވެސް އައިޝްވާރިޔާ އަށް އެފަދަ ބަދަލެއް ނާދެ އެވެ.

އައިޝްވާރިޔާ ބުނާ ގޮތުގައި ރީތިވުމަށްޓަކައި ގޭގައި ވަރަށް ބައިވަރު ކަންތައް ކުރެވިދާނެ އެވެ. އެގޮތުން ކެއުމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެނެސްގެން ފިޓްކޮށް ހުރުމަށް އެނާ ކުރާ ކަންތައްތައް އައިޝްވާރިޔާ މިވަނީ ހިއްސާކޮށްފަ އެވެ.

އައިޝާރިޔާ ބުނާ ގޮތުގައި މޫނު މަތި ރީތިކޮށް ބެހެއްޓުމަށް އޭނާ، ކިކުކަމްބާ ޖޫސް މޫނު މަތީގައި ހާކަ އެވެ. އޭގެ އިތުރުން ވެސް ގޭތެރޭގައި ބޭނުން ކުރާ ސާމާނުން ފޭސް މާސްކު ތައްޔާރުކޮށް އުނގުޅާ ކަމަށް ވެސް އޭނާ ބުންޏެވެ.

އައިޝްވާރިޔާ ބުނީ ރީތިވުމަށްޓަކައި ގިނަ އަދަދަކަށް ފެން ބުއިމަކީ ވެސް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން ގިނަ އަދަދަކަށް ފެން ބުއިމަކީ މީހާގެ ހަންގަނޑު ރީތިވާ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ސިއްހަތަށް ފައިދާ ހުރި ކެއުން ބޭނުން ކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެވެ. އެގޮތުން އައިޝްވާރިޔާ ވެސް ކަނީ ވަރަށް ސިއްހަތަށް ފައިދާ ހުރި ކެއުމެވެ. އައިޝްވާރިޔާ ގަބޫލުކުރާ ގޮތުގައި ސިއްހަތަށް ނުބަލައި ހިތުހުރި ގޮތަކަށް ކެއުމުގެ ވައްޓަފާޅި ގެންގުޅުމަކީ މީހާގެ ސިއްހަތަށް ނުރަނގަޅު އަސަރުތައް ކުރާނެ ކަމެކެވެ.

މީގެއިތުރުން އިސްތަށިގަނޑު ވަރުގަދަ ކުރުމަށް ވެސް ގުދުރަތީ ތަކެތި ބޭނުން ކުރާ ކަމަށް އައިޝްވާރިޔާ ބުނެ އެވެ. އެގޮތުން ބިހާއި، ކިރު، އޮލިވް އޮއިލް އަދި ކާށި ތެޔޮ ވެސް އިސްތަށިގަނޑު ވަރުގަދަ ކުރުމަށް އޭނާ ބޭނުން ކުރެ އެވެ.

ބޮލީވުޑުގެ އެހެން ތަރިންނާ ހިލާފަށް އައިޝްވާރިޔާ އެހާ ގަދައަށް ޖިމަށް ގޮސް އުޅޭ މަންޒަރެއް ނުފެނެ އެވެ. އެކަމަކު ކަޝްރަތު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަަމަށް އޭނާ ގަބޫލުކުރެ އެވެ. އެގޮތުން ޖިމަށް ނުދިޔަސް، ހިނގާލަން ނިކުތުމާއި، ޔޯގާ ޖައްސައިގެން ވެސް ފިޓްކޮށް ހުރުމަށް އައިޝްވާރިޔާ މަސައްކަތް ކުރެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް