ads
ނިއު ނޯމަލްގެ އުސޫލާއި އެކު ކްލާސްރޫމްގައި ދަރިވަރުން ތިބޭނެ ގޮތް ދައްކުވާދޭ ފޮޓޯއެއް
ނިއު ނޯމަލް އާ އެއްގޮތަށް މެލޭޝިޔާ ސްކޫލްތަކުގައި ކިޔެވުން ފަށަނީ
ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް މެލޭޝިޔާ ލޮކްޑައުންގައި ތިން މަސްދުވަހު ބޭއްވުމަށްފަހު، ނިއު ނޯމަލްގެ އުސޫލުތަކާ އެއްގޮތަށް އަލުން ސްކޫލްތަކުގެ ކިޔެވުން ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު މުހައްމަދު ރަޒިން ބިން ޖިދިން ވިދާޅުވެއްޖެއެވެ.

އިއްޔަ ކުރިޔަށް ދިޔަ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެކި ކީ-ސްޓޭޖްތަކަށް ބަހާލެވިގެން މެލޭޝިޔާގެ ސްކޫލްތަކުގެ ކިޔެވުން މިމަހު ފަށަން ނިންމާފައިވާ ކަމަށާއި ފުރަތަމަ ފަށާނީ މި އަހަރު އިމްތިހާން ހަދާ ދަރިވަރުންގެ ކިޔެވުން ކަމަށެވެ.

ނިއު ނޯމަލްގެ އުސޫލާ އެއްގޮތަށް މެލޭޝިޔާގައި ކިޔެވުން ފެށިގެން ދާއިރު، ކޮންމެ ސްކޫލެއްގައި ވެސް ހުން ބެލޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ހުރި މީހަކު ސްކޫލުގެ ގޯތިތެރެއަށް ވެއްދުން މަނާވާނެ ކަމުގައި މިނިސްޓްރީން ސްކޫލްތަކަށް ފޮނުވާފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

މި ބަޔާނަކީ ސްކޫލްތައް އަލުން ހުޅުވުމާ ބެހޭ މެނޭޖްމަންޓް ގައިޑްލައިންތަކެއްގެ މައްޗަށް އެކުލެވިގެންވާ ބަޔާނެއް ކަމަށާއި މި ލިޔުންތައް މި މަހުގެ ހަތަރު ވަނަ ދުވަހު ހުރިހާ ސްކޫލަކާ ހިއްސާ ކުރެވިފައި ވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގައިޑްލައިންގައިވާ ގޮތަށް އަމަލު ކުރެވޭ ކަމުގައި ވާނަމަ  ކްލާސްތަކުގެ މޭޒުތައް ހުންނާނީ އެއް މީޓަރަށް ވުރެ ދުރުގަ އެވެ. އަދި ކޮންމެ ކްލާހެއްގައި އެންމެ ގިނަވެގެން ތިބެންޖެހޭނީ 20 ކުދިން ކަމުގައި އޭނާ ވިދާޅުވިއެވެ.

"ކޮންމެ ކްލާހެއްގައި އެންމެ ގިނަވެގެން ތިބޭނީ 20 ކުދިން. އަދި 1 މީޓަރުގެ ދުރުމިނެއް ކޮންމެ މޭޒަކާއި ދެމެދު ހުންނާނޭ" މިނިސްޓަރ ރަޒިން ވިދާޅުވިއެވެ.

މީގެ އިތުރުން ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެއްވެ އުޅޭ އެއްވެސް ހަރަކާތެއް ސްކޫލްގައި މިވަގުތަށް ބޭއްވިގެން ނުދާނޭކަމަށާއި އިންޓަވަލް ގަޑީގައި ކާތަކެތި ވިއްކުމުގެ ބަދަލުގައި އެތަކެތި ހުންނާނީ ކުރީބައިގައި ޕެކްކުރެވިފައިކަން ފާހަގަކުރެއްވިއެވެ. 

"ސްކޫލްގެ ކިޔެވުން ކުރިޔަށްދާ ރަސްމީ ގަޑީގައި ކުދިން އެއްވެ ނޫޅޭނެކަން ޔަގީން ކުރުމަށްޓަކައި ޓީޗަރުން އެކި ސަރަހައްދުތަކުގައި އަބަދުވެސް ހަރަކާތްތެރިވަމުން ދާނެ" މިނިސްޓަރު

ދަރިވަރުންގެ ބެލެނިވެރިން ކުއްޖާ މާސްކް އަޅުވަން ބޭނުން ނަމަ އެކަން މަނާ ކުރާ އެއްވެސް ގަވާއިދެއް ހެދިފައި ނުވާނެކަމަށާއި ކުއްޖެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނަ ކަމުގައިވާނަމަ އެކުއްޖެއް ވަގުތުން އައިސޮލޭޓް ކުރެވިގެން ދާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ތިން މަސްދުވަހު މެލޭޝިޔާ ލޮކްޑައުންގައި ބޭއްވުމަށްފަހު އިއްޔެއިން ފެށިގެން ހުޅުވާލަން ނިންމީ ބަލި ކޮންޓްރޯލްވުމުން ކަމުގައި މެލޭޝިޔާގެ ބޮޑު ވަޒީރު މުހިއްދީން ޔާސީން ވަނީ ވިދާޅުވެފައިވެއެވެ.

ބަލި ޖެހިގެން މިހާތަނަށް މެލޭޝިޔާގައި 8،338 މީހުން ޕޮޒިޓިވްފައި ވާއިރު 118 މީހުން ވަނީ މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް