ads
ދިރާގުގެ ހެޑް އޮފީސް--- ފޮޓޯ: ދަ ޕްރެސް
ދިރާގުން ހިއްސާ އަކަށް 12 ރުފިޔާ ބަހަނީ
ދިރާގުން ހިއްސާ އަކަށް 12 ރުފިޔާ ބަހަން ފާސްކޮށްފި އެވެ.

ދިރާގުން އެގޮތަށް ފާސްކޮށްފައި މިވަނީ މިއަދު ހެނދުނު ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ އެ ކުންފުނީގެ 31 ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ. އެއީ އިންޓެރިމް ޑިވިޑެންޑުގެ ގޮތުގައި 4.14 ރުފިޔާ އަދި ފައިނަލް ޑިވިޑެންޑުގެ ގޮތުގައި 7.86 ރުފިޔާ އެވެ.

މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ "ފަހިވޯޓް" މެދުވެރިކޮށް ބޭއްވި އޭޖީއެމްގައި ދިރާގުގެ 68 ހިއްސާދާރުން ވަނީ ބައިވެރިވިވެފަ އެވެ. 

ދިރާގުގެ މެނޭޖިން ޑިރެކްޓަރު ސީއީއޯ އިސްމާއިލް ރަޝީދު ވަނީ އޭޖީއެމްއެއް ވާޗުއަލްކޮށް ބޭއްވުމަކީ ކުރެވުނު ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށް ވިދާޅުވެފަ އެވެ. 

އެމްޑީ ވަނީ މިއީ ޑިޖިޓަލް މުސްތަގުބަލަކަށް އެޅުނު މުހިންމު ބިންގަލެއް ކަމަށާއި ހާއްސަކޮށް މި ދަނޑިވަޅުގައި ޑިޖިޓަލް ގޮތްތައް ހިޔާރުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިގޮތަށް އޮންލައިންކޮށް ޖަލްސާ ބޭއްވުމުން އެކި ހިސާބުތަކުގައި ތިބި ކުންފުނީގެ ހިއްސާދާރުންނަށް އޭޖީއެމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ވެސް އެމްޑީ ފާހަގަކުރެއްވި އެވެ. 

މިދިޔަ އަހަރު ކުންފުނީގެ މޯބައިލް، ފިކްސްޑް ބްރޯޑްބޭންޑް، އެންޓަޕްރައިޒް އަދި މެނޭޖްޑް ސާވިސް ކެޓެގަރީތަކުގެ ކަސްޓަމަރުން އިތުރުވެފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ޓެލެ ކޮމިއުނިކޭޝަންސް ސިނާއަތުގައި ކުންފުނީގެ ޝެއާ ހިފެހެއްޓިފައިވާ ކަމަށް ދިރާގުން ބުނެ އެވެ. 

މިދިޔަ އަހަރު ދިރާގަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 942 މިލިއަން ރުފިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް